މިއަދު ކޮވިޑަށް ޕޮޒިރިވްވީ ސަތޭކަ އަށާރަ މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މިއަދު ކޮވިޑަށް ޕޮޒިރިވްވީ ސަތޭކަ އަށާރަ މީހުން!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް 118 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 106 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2902 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 14،064 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15،614 އަށް އަރައިފައެވެ. މި ބައްޔަށް 1492 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 142 މީހުންނަށެވެ.

މި ބަލީގައި 51 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން