ކޮވިޝީލްޑް ވެކްސިނަށް ރާއްޖޭން ހުއްދަ ދީފި - އަންނަ ހަފުތާގައި ވެކްސިން ޖަހަން ފަށަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކޮވިޝީލްޑް ވެކްސިނަށް ރާއްޖޭން ހުއްދަ ދީފި - އަންނަ ހަފުތާގައި ވެކްސިން ޖަހަން ފަށަނީ!

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފިއެވެ.

މިކަމާގުޅިގެން އެމްއެފްޑީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ވެކްސިނަށް ހުއްދަ ދޭން ނިންމީ މިހާރުގެ ހާލަތަށް ބަލައި "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށާއި ހުއްދަ ދޭން ނިންމީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުަމށް ފަހު، އެމްއެފްޑީއޭގެ ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު ކަމަށްވާ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށެވެ.

ބަލީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރަށް ބަލައި، ކޮވިޝީލްޑަށް ހުއްދަ ދިނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް އެކަންޏެވެ. ނަމަވެސް މާބަނޑު މީހުންނަށް މި ވެކްސިން އަދި ނުދޭނެއެވެ.

 ވެކްސިނަށް ހުއްދަ ދީފައިވުމުން އަންނަ ހަފުތާގައި ވެކްސިން ޖަހަން ފަށާނީ އެޗްޕީއޭ އިން އިސްކަންދީފައިވާ ކެޓަގަރީތަކުން، ވެކްސިން ޖެހުމަށް ރަޖިސްޓަރީވެފައިވާ މީހުންނަށް ކަމަށް މައުލުލޫމާތު ވަނީ ލިބިފައެވެ.

އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި އެސްޓްރަޒެނެކާގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާ އެކު ވަނީ ރާއްޖޭން ސޮއިކޮށްފަ އެވެ.

މިއަދު އޮންލައިން