މަރުވެފަ އޮއްވާ ފެނުނީ ކޮވިޑަށް ޕޮޒިޓިވް 5 ވަނަ މީހާ!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މަރުވެފަ އޮއްވާ ފެނުނީ ކޮވިޑަށް ޕޮޒިޓިވް 5 ވަނަ މީހާ!: މަބްރޫކް

ހޭނެތިގެން މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ރޭ 10:45 ގައި އައިޖީއެމްއެޗަށް ގެންދެވުނު ކަމަށާއި ގެންދެވުނުއިރުވެސް އޭނާވަނީ މަރުވެފައި ކަމަށާއި އަދި ޓެސްޓްކުރުމުން އެމީހާ ކޮރޯނާއަށް ޕޮޒިޓިވް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް ވިދާޅުވީ އޭނާއަކީ ބަންގްލަދޭޝް މީހެއް ކަމަށާއި  އޭނާ ބަލިވެ މަސައްކަތު ނުދާތާ 2 މަސް ދުވަސް ވެފައިވާ ކަމަށެވެ. "އޭނާ ދިރިއުޅެނީ މަސައްކަތްކުރާ ސައިޓަކު ނޫން. ބަންގްލަދޭޝް ބައަކާއެކު. އޭނާއަކީ ހިތުގެ ބަލި ހުންނަ މީހެއް. ކޮރޯނާ ޖެހުނު ކަމުގެ އެއްވެސް ޢަލާމާތެއް އޭނާގެ ކިބައިން ފެނިފައި ނުވާކަމަށްވަނީ!" މަބްރޫކް ވިދާޅުވިއެވެ. 

ކޮރޯނާއަށް ޕޮޒިޓިވް 5 މީހުން މަރުވި ކަމަށް ބަލާއިރު ކުރިންވެސް ވަނީ ސިކުނޑިއަށް ލޭއެޅިގެން އައިޖީއެމްއެޗަށް ގެންދެވުނު ބަންގްލަދޭޝް މީހަކު ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ. ވީމާ ބައްޔަށް ފަރުވާ ދެވެމުން ދަނިކޮށް ނިޔާވެފައިވަނީ ޢުމުރުން ދުވަސްވީ 3 ދިވެހިންނެވެ!

މިއަދު އޮންލައިން