ކޮރޯނާއިން އިތުރު ދިހަ މީހުން ރަނގަޅުވެ، ރަނގަޅުވި ޖުމުލަ ސަތޭކަ ފަންސާސް ހަތަރަކަށް އަރައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ކޮރޯނާއިން އިތުރު ދިހަ މީހުން ރަނގަޅުވެ، ރަނގަޅުވި ޖުމުލަ ސަތޭކަ ފަންސާސް ހަތަރަކަށް އަރައިފި!

ކޮރޯނާއިން އިތުރު ދިހަ މީހުން ރަނގަޅުވެ، ރަނގަޅުވި މީހުންގެ ޖުމުލަ ސަތޭކަ ފަންސާސް ހަތަރަކަށް އަރައިފިއެވެ. 

ސަރުކާރުގެ ތަރުޖަމާނު މިރޭ ވިދާޅުވީ މިއަދު ބައްޔަށް ޕޮޒިޓިވްވެފައިވަނީ 24 މީހުން ކަމަށާއި މިހާރު ފަރުވާދެވެމުން ދަނީ 1235 މީހުންނަށް ކަމަށެވެ. 

މަބްރޫކް މިރޭ ވިދާޅުވީ ހުލުމާލޭގައި ހުންނަ ކަރަންޓިނު މަރުކަޒު އަމީނީ ހިޔާގައި ތިބި މީހުން ފުލުހުންނަށް ޙަމަލާދީ ހަމަނުޖެހުން ހިންގީ ހެނދުނު ސައިގެންދިއުން ލަސްވުމުން ކަމަށާއި އެކަން މިއަދު ވަނީ ޙައްލުކޮށްފައި ކަމަށެވެ. 

"އިއްޔެ ހަަމ ވަރަށް ބޮޑަށް ލަސްވީ. އެތަނަށް ކާން ގެންދަނީ 3 ވަނަ ބައަކާއި ހަވާލުކޮށްގެން އެޗްޑިސީން. އެޗްޑީސީއަށްވެސް އެކަން އެނގުނީ ވަރަށް ލަސްވި ފަހުން" ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން