މަޖިލީހުގެ ޖަލްސާ ބާއްވަން އެންއޯސީ އާ މަޝްވަރާކޮށްފައެއް ނުވޭ!: ސަރުކާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މަޖިލީހުގެ ޖަލްސާ ބާއްވަން އެންއޯސީ އާ މަޝްވަރާކޮށްފައެއް ނުވޭ!: ސަރުކާރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމަވާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ) އާއި މަޝްވަރާކޮށްގެން ނޫންކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް މިރޭ ވިދާޅުވީ މަހައިތަނަށް މަޖިލީހުން ކޮށްފައިވަނީ އެންމެ ފޯނުކޯލެއް ކަމަށާއި އެކޯލުގައި ސުވާލުކޮށްފައިވަނީ ލޮކްޑައުން ދޫކޮށްލާނެ ތާރީޚަކާއިމެދުގައި ކަމަށެވެ. މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ޖަލްސާތައް ބޭއްވުމާއި ބެހޭ ގޮތުން އެއްވެސް މަޗްވަރާއެއް ކުރެވުނުކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ! 

މަޖިލީހުގެ އިދާރާއިން ވަނީ މަޖިލީހުގެ އިދާރާގެ މަޖިލިސްކުރާ މާލަމުގައި މާދަމާ ޖަލްސާއެއް ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ހުއްދަ ނުލިބެނީސް ބާއްވާ ޖަލްސާއެއްގައި ބައިވެރިވވަޑައިގެންނެވެންކަން ހާމަކުރައްވައިފައެވެ.

މިއަދު އޮންލައިން