ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިކާމާގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް އެދޭ ޕްރޮޕޯސަލް ފޮތާއި މައުލޫމާތު ކަރުދާސް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ހައްޖަށް ގެންދިއުމަށް ޝަރުތު ހަމަވާ ކުންފުނިތަކަށް ބާއްވާ ބްރީ ބިޑް މީޓިންއެއް ބުރާސްފަތި ދުވަހުގެ އެކެއް ޖަހާއިރު އިސްލާމިކް މިނިސްޓްރީގައި އޮންނައިރު މި މަހުގެ 23 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެ އެވެ.
ޕްރޮޕޯސަލް ފީގެ ގޮތުގައި ނަގަނީ 10،000ރ. އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުމަށް ނިންމާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
ޖުލައި 28 ވަނަ ދުވަހަކީ މި އަހަރުގެ ހައްޖު ދުވަހެވެ.