އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އިކޮނޮމިކް މިނިސްޓަރަށް ލިބޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އިކޮނޮމިކް މިނިސްޓަރަށް ލިބޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމްވޭޖް ކަނޑައެޅުން ސަރުކާރަށް ލާޒިމުކޮށް އެ ބާރު އިކޮނޮމިކް މިނިސްޓަރަށް ލިބޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅައިފިވަނީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އެވެ.

މިނިމަމް ވޭޖް ކަނޑައަޅެޅުމުގައި މިނިސްޓަރަށް ލަފާދިނުމަށް ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑް" ގެ ނަމުގައި ބޯޑެއް އެކުލަވާލަން ޖެހެ އެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ މިބޯޑުގެ ލަފާގެ މަތިންނެވެ.

މި ބިލުގައިވާގޮތުން ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާ ދޭ ފަރާތުން ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ސަރުކާރަށް ވަނީ ލާޒިމުކޮށްފައެވެ. އެހެންނަމަވެސް ވަކި އަދަދުތަކެއް ދޭން ބިލުގައި ސަރުކާރަށް ލާޒިމު ކޮށްފައެއް ނުވެއެވެ. 

މިއަދު އޮންލައިން