ކޮމަންވެލްތު ޤައުމުތަކުގައި ހިންގާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުގެންނަވައިފިއެވެ.
ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި އަލުން ހަމަޖެއްސެވުމާ ގުޅިގެން، ކޮމަންވެލްތު ޤައުމުތަކުގައި ހިންގާ 7 ޑިޕްލޮމެޓިކް މިޝަންގެ ނަމަށް، 2020 ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން ގެންނަވާފައިވާ ބަދަލުގެ ތިރީގައި މިވަނީއެވެ.
|
ބަދަލުގެންނެވި ގޮތް
|
ބޭނުންކުރަމުން އައި ގޮތް
|
|
އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
|
އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
|
|
ޝްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
|
ޝްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
|
|
އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
|
އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
|
|
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
|
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
|
|
ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
|
ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
|
|
ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
|
ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
|
|
ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
|
ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
|