މާފުށީ ހާދިސާ އާއި ގުޅިގެން މަދު ބައަކު ނަމަވެސް ސީނުގައި ޙަރަކާތްތެރިވި ފުލުހުންނަށް އެއްޗެތި ގޮވަމުން ގެންދާއިރު ފުރަތަމަވެސް ކުރަން ޖެހޭ ސުވާލަކީ މަސްތުގެ ޙާލުގައި ޢާންމުން ތެރޭގައި މަގުމަތީގައި އުޅެން ހުއްދަ އޮތީ ކޮން ޤައުމެއްގައިތޯއެވެ؟ އަދި ނިވާކަން ކުޑަ ހެދުން ލައިގެން އުޅުން ހުއްދަ ސަރަހައްދުތައް ފިޔަވައި މަގުމަތީގައި އެގޮތަށް އުޅެން ހުއްދަ ކުރަނީ ދުނިޔޭގެ ކިތައް ޤައުމުގައިތޯއެވެ؟
މިފަދަ މީހުންނަށް ޝައިޚް ޢަލީ ޒައިދު ވަނީ ވަރަށް ފުރިހަމައަށް އިތުރު ރައްދެއް ދެއްވައިފައެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީ އާއި ރާ ޢާންމުކުރަން އުޅޭ މީހުންނަށް، މާފުށީގައި ހިނގާ ދިއަ ޙާދިސާގައި ގެސްޓް މީހާ އޮރިޔާމުން ރަށުތެރޭގައި ދުވަން އޯކޭ ވާނެ! ބައްލަވާ ރާއްޖޭގައިވެސް ޤާނޫނާ ޤަވާއިދު ހުރޭ! އެންމެންވެސް އެއަށް ތަބާވާން ޖެހޭ!"