މާފުށީގައި ރާއްޖޭގެ ޤާނޫނު އަސާސީ މުގުރަމުން މަގުމަތީގައި އުޅެ، ފުލުހުންގެ ނަޞޭޙަތް ޤަބޫލުނުކޮށް އަދި ނުކިޔަމަންތެރިކަން ދެއްކި ފަތުރުވެރިއަކު ހައްޔަރުކުރުމުން އިސްލާމް ދީނާއި ޤާނޫނު އަސާސީ ޙިމާޔަތްކުރި ފުލުހުންނަށް ޝައިޚް ޢަލީ ޒައިދު ތަޢްރީފް ކުރައްވައި "ސެލިޔުޓް" ކުރައްވައިފިއެވެ.
"ބަރަހަނާކަންމަތީހުރެ ފުލުހުންނަށް ނުކިޔަމަންތެރިވެ ގަދަ ދެއްކި ފަތުރުވެރި އަންހެނާ ހިފެހެއްޓީ ހަމަ ރަނގަޅަށެވެ! ހުރިހާ ވީޑިއޯތައް ފެނުމުން މަންޒަރު ވަރަށް ސާފެވެ! ފުލުހުން މަސައްކަތްކޮށްފައިވަނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ވަރަށް ޕްރޮފެޝަނަލްކޮށެވެ. ރޯ އޮރިޔާމުން ރަށުތެރޭ ދުވާކަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ! އެ ޙާލަތުގައި އެއީ ފިރިހެނެއްނަމަ ބިޑިއަޅުވަންވާނީ އެއަށްވުރެވެސް ހަރުކަށިކޮށެވެ! އެކަން ކުރި ފުލުހުންނަށް ސެލިޔުޓް ކުރަމެވެ!"
- ޝައިޚް ޢަލީ ޒައިދު