ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭ ގޮތަށް ފޮޓޯއާއި ވީޑިއޯ އާއްމު ނުކުރުމަށް ޖެންޑާއިން އިލްތިމާސް ކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭ ގޮތަށް ފޮޓޯއާއި ވީޑިއޯ އާއްމު ނުކުރުމަށް ޖެންޑާއިން އިލްތިމާސް ކޮށްފި!

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭ ގޮތަށް ފޮޓޯއާއޮ ވީޑިއޯ އާއްމު ނުކުރުމަށް މިނިސްޓްރީ އޮފް ޖެންޑާއިން އިލްތިމާސް ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން އެދިވަޑައިގެންފައިވަނީ، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ސަބަބުން އެކުދިން ބަދުނާމްވާ ގޮތަށް ކަންކުރުމުގެ ބަދަލުގައި ފުލުހުންނާއި ޖެންޑާރ މިނިސްޓްރީގެ 1412 އަށް އަންގައި ދިނުމަށެވެ.

އެމިނިސްޓްރީން މިގޮތަށް އެދިފައިމިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުން އަންނަ މައްސަލަތަކެއް އާއްމުވެފައިވާ ދުވަސްވަރެއްގައެވެ. މީގެއިތުރުން ދެ ކުޑަ ކުއްޖަކު "ގައިގޯޅިވެ" އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް މީސްމީޑިއާގައި މިއަދުވަނީ ހަލުވިކަމާއެކު ދައުރުވެފައެވެ.

ފަހަކަށް އައިސް މިފަދަ މައްސަލަތައް ކުރިމަތިވާ ކުދިންގެ ފޮޓޯ ސޯޝަލް މީޑިއާއަށްލާ އެފަދަ ފޮޓޯއާއި ވީޑިއޯ އަދި ކުދިންގެ މަޢުލޫމާތު ދަޢުރުވާތަން އަންނަނީ ފެންނަމުންނެވެ. އަދި ބައެއް ނޫސްތަކުގައިވެސް މިފަދަ މަޢުލޫތުތައް ހިމަނައިގެން ޚަބަރު ގެނެސްދޭތީ އެކަން ނުކުރުމަށްވެސް ޖެންޑަރ މިނިސްޓްރީން ގޮވާލާފައިވެއެވެ.

މިދިޔަ އަހަރު އެކަނިވެސް ކުޑަކުދިންނާއި ގުޅުންހުރި 1200 އަށްވުރެ ގިނަ މައްސަލަ ޖެންޑަރއަށް ރިޕޯޓްކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 

ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކޮށް އެކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސަރުކާރުންވަނީ ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަސްދީޤްކުރައްވާފައެވެ.

މިއަދު އޮންލައިން