ޤާނޫނު މުގުރީމާ ހުރިހާ ޤައުމެއްގަ ވެސް ހައްޔަރުކުރޭ! ހައްޔަރު ކުރުމަށް މާފަށް އެދޭކަށް ނުޖެހޭނެ!: ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޤާނޫނު މުގުރީމާ ހުރިހާ ޤައުމެއްގަ ވެސް ހައްޔަރުކުރޭ! ހައްޔަރު ކުރުމަށް މާފަށް އެދޭކަށް ނުޖެހޭނެ!: ޝައިޚް ޝަފީޢު ޢަބްދުﷲ

"ދަތުރުވެރިޔަކަސް، ފަތުރުވެރިޔަކަސް، މުޤީމަކަސް، މުވާޠިނަކަސް، ޤައުމެއްގެ ޤާނޫނާއި ޤަވާއިދަށް ޙުރުމަތްތެރިކޮށް ނުހިތައި ގަދަކަން ދައްކައިފިނަމަ، ހައްޔަރު ކުރެވޭނެއެވެ. "ޑެއިލީ މެއިލް" އަށް ލިބިފައި ހުރި ޢާންމުންގެ ޚިޔާލުތަކުން އެއީ ދުނިޔޭގެ ހުރިހާ މުޖުތަމަޢެއްގައިވެސް އެކަން އޮތް ގޮތްކަން އެނގި ޔަޤީން ވާނެ އެވެ!

އަދި ޤާނޫނު މުގުރާ ބަޔަކު ހައްޔަރު ކުރުމަކީ ފުލުހުންގެ ޒިންމާއެއް. ހައްޔަރު ކުރި އިރު، ކަންތައް ކުރެވުނީ އެންމެ އެކަށީގެންވާ ގޮތެއްގައި ތޯ ސުވާލު ކުރެވި، ގޯސް ކޮށް ނަމަ، އެކަމަށް މާފަށް އެދުމަކީ ރަނގަޅު ސިފައެކެވެ. ނަމަވެސް ހައްޔަރު ކުރި ކުރުމަށް މާފަށް އެދެން ނުޖެހޭނެއެވެ."

--ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން