ދައުވާ ލިބޭ ފަރާތުން މައްސަލައަށް އިއުތިރާފުވާ މައްސަލަތައް ފަސް ދުވަހުގެ ތެރޭގައި ނިންމަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ދައުވާ ލިބޭ ފަރާތުން މައްސަލައަށް އިއުތިރާފުވާ މައްސަލަތައް ފަސް ދުވަހުގެ ތެރޭގައި ނިންމަނީ!

ދައުވާ ލިބޭ ފަރާތުން މައްސަލައަށް އިއުތިރާފުވާ މައްސަލަތައް ފަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމާފައި އެކޯޓުން މެދުނުކެނޑި ޝަރީއަތް ކުރިޔަށް ގެންދިއުމަށް ގާޒީންގެ މަޖިލީހުން ނިންމާފައިވާތީއެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން ބޭނުންވަނީ އަދިވެސް އިތުރަށް އަވަސް ކުރުމަށްކަމަށާއި އެގޮތަށް މައްސަލަތައް އަވަސްކޮށް ނިންމުމަކީ ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތާއި އަދި މުޅި މުޖުތަމައުއަށް އެކަމުގެ ފައިދާ ލިބޭ ކަމެއްކަމުގައި ގަބޫލުކުރެވޭ ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ބުނީ އިންކާރު ކުރާ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގެ ތެރޭގައި ނަގާ ނިންމުމަށްވެސް އެކޯޓުގެ ގާޒީންގެ މަޖިލީހުން ވަނީ ނިންމާފައިވާ ކަމަށެވެ.

މިއަދު އޮންލައިން