ކޮރޯނާ ވައިރަސް އިން ސަލާމަތްވާން ފަރުވާއެއް ހޯދުމަށް ބިލް ގޭޓްސް ސަތޭކަ މިލިއަން ޑޮލަރު ހަދިޔާކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 13ސ
ކޮރޯނާ ވައިރަސް އިން ސަލާމަތްވާން ފަރުވާއެއް ހޯދުމަށް ބިލް ގޭޓްސް ސަތޭކަ މިލިއަން ޑޮލަރު ހަދިޔާކޮށްފި!

ޗައިނަގެ ވުހާންގައި އުފެދި މުޅި ދުނިޔެއަށް ފެތުރެމުން އައި ކޮރޯނާ ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރުމަށް މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް، 100 މިލިއަން ޑޮލަރު ހަދިޔާ ކޮށްފިއެވެ.

ބިލް ގޭޓްސް އާއި އޭނާގެ އަންހެނުން ގުޅިގެން އުފައްދާފައިވާ "ބިލް އެންޑް މެލިންޑާ ގޭޓްސް" ފައުންޑޭޝަނުން 100 މިލިއަން ޑޮލަރު ހަދިޔާ ކޮށްފައިވަނީ، ކޮރޯނާ ވައިރަސް އާއި ގުޅިގެން އެކަހެރި ކުރަންޖެހޭ މީހުން ބޭތިއްބުމަށް ހަދަންޖެހޭ ތަންތަން ހެދުމަށާއި މިބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމުގެ އިތުރުން ވެކްސިނެއް އުފެއްދުމަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބިލް ގޭޓްސް އާއި އޭނާގެ އަންހެނުން އުފައްދާފައިވާ ފައުންޑޭޝަނުންވަނީ މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި މިދިޔަ މަހުވެސް 10 މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ.

"ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން" މިފަދަ ބޮޑު އެހީއެއް ވެފައިމިވަނީ މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ހިލޭ އެހީގެ ގޮތުގައި 675 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއްޔެ އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކޮރޯނާ ވައިރަސްގައި މިހާތަނަށް 564 މީހުން މަރުވެފައިވާއިރު މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 27،000 އަށް ވުރެ މައްޗަށް އަރާފައެވެ.

މިއަދު އޮންލައިން