ޖެންޑާ މިނިސްޓަރުކަން ޢާއިޝަތު މުޙައްމަދުދީދީ އަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ޖެންޑާ މިނިސްޓަރުކަން ޢާއިޝަތު މުޙައްމަދުދީދީ އަށް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.

ރައިސް ވިދާޅުވީ ޖެންޑާ މިނިސްޓަރު ކަމަުގެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އާއިޝަތު މުހައްމަދު ދީދީ އަކީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ސަފީރެވެ.

އައިޝާ ޖެންޑާ މިނިސްޓަރުކަން ކުރެއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.

 

މިއަދު އޮންލައިން