މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމުން ޝިދާތާ ޝަރީފް ވަކިކުރައްވައިފި

ކިޔުމަށް ހޭދަވާނީ 41ސ
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމުން ޝިދާތާ ޝަރީފް ވަކިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،‏ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް އެމަޤާމުން ވަކިކުރައްވައިފިއެވެ.

ޝިދާތާ ޝަރީފް އެމަޤާމުން ވަކިކުރައްވައިފައިވަނީ އެކަމަނާ އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުކަމުގައި ހުންނަވައިގެން ޝިދާތާ ޝަރީފް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޖެންޑަރ މިނިސްޓަރގެ މަޤާމު ހުސްވުމާއި ގުޅިގެން ޢާއިޝަތު މުޙައްމަދުދީދީ އެމަޤާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމހޫރިއްޔާ ވަނީ ނިންމަވާފައެވެ. ޢާއިޝަތު މުޙައްމަދު ދީދީ މިހާރު ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނަޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

މިއަދު އޮންލައިން