ހިޝާންގެ ގޭގައިހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފި!

ކިޔުމަށް ހޭދަވާނީ 3މ 39ސ
ހިޝާންގެ ގޭގައިހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފި!

ނުކުޅެދުންތެރިކަން ހުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އައި ގ. ނީރުވީކް އަޙުމަދު ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެން މީހާ، ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 22 އަހަރުގެ އެމީހާގެ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކޔގެ ސަމާލުކަމަށް އައިސްފައިވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ކަމަށާއި އެމީހާއާއި ހިޝާން އާއި ފުރަތަމަ ބައްދަލުވެފައިވަނީ ވެސް އެއަހަރުގެ ޖަނަވަރީ މަހު ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ އެމީހާގެ މައްސަލަ ދައުލަތުގެ ސަމާލުކަމަށް އައިއިރުވެސް އެމީހާއަށް 18 އަހަރުފުރިފައިވާތީއާއި، އެއިރު މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން (މިނިސްޓްރީ އޮފް ގެންޑާ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އިން) ނިންމާފައިވަނީ އެހެން ވެސް ބޮޑެތި މީހުންނާއިމެދު ޢަމަލުކުރާ އުސޫލުން އެމީހާއާއިމެދު ވެސް ޢަމަލު ކުރުމަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

"މި ދެންނެވި ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މައްސަލަ ފުރަތަމަ ޝަރުޢީ ކޯޓަކަށް ހުށަހެޅިފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މަންމަ، އޭނާގެ އަމިއްލަ އިސްނެގުމުގެ މަތިން އޭނާގެ 18 އަހަރު ފުރިފައިވާ ދަރިފުޅުގެ ޤާނޫނީ ބެލެނިވެރިކަން ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ޙަވާލުކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެއިރު ފެމިލީ ކޯޓުގައި ހިނގަމުންދިޔަ މައްސަލައާ ގުޅިގެން މި މިނިސްޓްރީން މި މައްސަލައިގައި ހިމެނޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ޞިއްޚީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމެންޓެއް ހަދާފައެއް ނުވެއެވެ. ނަމަވެސް އެއިރު އޭނާއާ ގުޅޭގޮތުން މިމިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އޭނާއަކީ 'އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި، އޭނާއާ ގުޅޭގޮތުން ލިބިފައިވާ ޞިއްޙީ އަދި އެހެނިހެން މަޢުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައިނުވާތީ' މިނިސްޓްރީގެ ފަރާތުން އޭނާއާމެދު ޢަމަލުކުރަމުންދާނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭ އެއްގޮތަށެވެ." 2018ވަނަ އަހަރުގެ ޖުލައި މަހު މި މައްސަލައާ ގުޅޭ ބައެއް އިތުރު ކަންކަން ފެންމަތިވަފައިވީ ނަމަވެސް އެއިރު މި މައްސަލަ އިތުރަށް މުރާޖާކޮށްފައި ނުވާތީ، 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދެވޭ، އެ މީހެއްގެ އަމިއްލަ ކަންކަން އަމިއްލަ އިޚުތިޔާރުގައި ނިންމުމާއި އެ ފަދަ އެންމެހައި ޙައްޤުތަކާއި މިނިވަންކަން މިއަދާ ހަމައަށް ވެސް އޭނާއަށް އޮތީ ލިބިދީފައެވެ. އަދި އޭނާގެ މަންމަ ވެސް ހިމެނޭގޮތަށް ޢާއިލާގެ ރުހުމާއެކު އޭނާގެ އަމިއްލަ އިޚުތިޔާރުގައި ދިރިއުޅެމުން އަންނަނީ ގ.ނީރުވީކް އަޙްމަދު ޙިޝާން ދިރިއުޅޭ އެޕާޓުމެންޓުގައެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ހިޝާން އާއި ގުޅުންހުރި ސީރިއަސް މައްސަލަތަކެއް މިހިނގާ ފެބްރުއަރީ މަހު ފުލުހުން ތަހުޤީޤު ކުރަމުންދާތީއާއި ޚާއްސަ އެހީއަށް ބޭނުންވާ މީހާގެ ވަށައިގެންވާ ކަންކަމާއި އޭނާގެ ޙާލަތާއު ގުޅޭގޮތުން މިވަގުތު ޖެންޑާ މިނިސްޓްރީގައި އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް އޭނާއަކީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައވާ މީހެއްތޯ ކަށަވަރު ކުރުމަށްތަކައި ކުރަންޖެހޭ ފަންނީ ތަހުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއެކު އެމިނިސްޓްރީން ކުރިއަށްގެންދާ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި މިވަގުތު އެމީހާހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ޖެންޑާއިން ވަނީ ހާމަކޮށްފައެވެ.

ދަރުމަވެރިޔާ ހިޝާންގެ މައްޗަށް ކޮށްފައިވަނީ ފުރާވަރު ފިރިހެން ކުދިންނަށް ޖިންސީ ގޮނާކުރާކަމުގެ ތުހުމަތެވެ.

އެކަން ފެންމަތިވީ، ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާން ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދަން ހިޝާން ފެމިލީ ކޯޓަށް ހުށަހެޅުމުން އެކަން އެގޮތަށް ކޮށްދެވެން ނެތް ކަމަށް ކުރި ހުކުމް ހިޝާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.`

ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ޖެނުއަރީ 17، 2018 ގައި ހުކުމްކުރީ ހިޝާނާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސުން ދިން މައުލޫމާތާ އެކު ޖެންޑާ މިނިސްޓްރީން އެކުލަވައިލި ރިޕޯޓަކަށް ރިއާޔަތްކޮށްފަ އެވެ. އެކަމަކު، ބެލެނިވެރިކަން ހޯދަން އެދުނު، 21 އަހަރުގެ މީހާ އޭރުން ފެށިގެން އުޅެމުން އަންނަނީ ހިޝާނާއެކުގައި ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭކަން އެނގޭ އިރު ވެސް ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލީ ކީއްވެތޯ ކޯޓުން ވަނީ ސުވާލުކޮށްފަ އެވެ.

މިއަދު އޮންލައިން