ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަޚަމްކޮށްލި 3 ބިދޭސީންގެ ޙާލު ޓޫރިޒަމް މިނިސްޓަރާ ޗައިނާ ސަފީރު ބައްލަވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަޚަމްކޮށްލި 3 ބިދޭސީންގެ ޙާލު ޓޫރިޒަމް މިނިސްޓަރާ ޗައިނާ ސަފީރު ބައްލަވާލައްވައިފި

ތޫނު އެއްޗަކުން ހަމަލާދީ ރޭ ހުޅުމާލޭގައި ޒަޚަމްކޮށްލި 3 ބިދޭސީންގެ ޙާލު ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އާއި ޗައިނާ ސަފީރު ބައްލަވާލައްވައިފިއެވެ.

އެމީހުންގެ ޙާލު ބައްލަވައިލައްވަން ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް އާއި އެޗްޑީސީގެ އިސްވެރިންވެސް ވަޑައިގެންފިއެވެ.

ރޭ ހަމަލާދީފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެ ތެރެއިން އެކަކީ ފަތުރުވެރިއެކެވެ. އަނެއް ދެ މީހުންނަކީ ޜާއްޖޭގައި މަސައްކަތްކުރާ 2 މީހުންނެވެ.

މި ހަމަލާ ދިނީ ހެލްމެޓް އަޅައިގެން ސައިކަލުގައި ދިއަ 2 މީހެކެވެ. އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

 

މިއަދު އޮންލައިން