ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

މާލޭ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ.

މާލޭ ޖަލު ހުރި ކޮއްޓާއެކު ޖެހިގެން ހުރި ކޮއްޓާ ދެކޮށި އެއްކޮށްލައިގެން ހިމެނޭ ސަރަހައްދުގައި އަޅާ މިި ސްކޫލްގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުން ނިންމާގޮތަށެެވެ.

އާ ސްކޫލްގެ މަސައްކަތް އަންނަ އަހަރު އޭޕްރީލްމަހު ނިމޭނެކަމަށް ބެލެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން