ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، މިދިޔަ އަހަރަކީ ބައިނަލްއަޤްވާމީ ޢާއިލާގެ ތެރެއަށް ރާއްޖެ އަލުން ވަދެވުނު އަހަރެއް: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، މިދިޔަ އަހަރަކީ ބައިނަލްއަޤްވާމީ ޢާއިލާގެ ތެރެއަށް ރާއްޖެ އަލުން ވަދެވުނު އަހަރެއް: ރައީސް

މިދިޔަ އަހަރަކީ، ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ބައިނަލްއަޤްވާމީ ޢާއިލާގެ ތެރެއަށް، ރާއްޖެއަށް އަލުން ވަދެވުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ޢިއްވަވައިދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ  ޚާރިޖީ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރަކީ، ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ބައިނަލްއަޤްވާމީ ޢާއިލާގެ ތެރެއަށް، ރާއްޖެއަށް އަލުން ވަދެވުނު އަހަރެއްކަމަށާއި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަވައްޓެރި އަދި ރަޙްމަތްތެރި ޤައުމުތަކާ އެކު ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ޤާއިމުކުރެވި، ތަޢުލީމީ ފުރުޞަތުތަކާއި މާލީ އެހީތެރިކަމާއި، ދަތުރުފަތުރުކުރުމުގެ އެތައް ލުއިފަސޭހަތަކެއް ލިބިފައިވާކަމުގައެވެ. 

ޚާރިޖީ ދާއިރާއިން ލިބުނު ކުރިއެރުންތަކުގެ ތެރޭގައި އިންޑިޔާ، ރަޝިޔާ، ތައިލޭންޑް އަދި ޔޫއޭއީއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން ފާހަގަކުރައްވައި އޭގެ އިތުރުން މޮރޮކޯ އާއި ޗައިނާއަށް ދަތުރުކުރުމުގައިވެސް ވަރަށް އަވަހަށް އެ ލުއިފަސޭހަތައް ލިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖެއާއި ޖަރުމަނު ސަރުކާރާ ގުޅިގެން، ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް، ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް، އަންނަ މާރިޗް މަހުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

ޚާރިޖީ ދާއިރާއިން އެންމެބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ފުރިހަމަ އެހީތެރިކަމާއެކު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހިރާއްޖެ އަނެއްކާވެސް ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވެފައިވާކަން އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން