ޙައްޖަށް ދިއުމަށް ނިޔަތްގަނެ އެކަމަށް މަސައްކަތްކުރާ މީހާއަށް އެވަނީ ޙައްޖު ހޯދިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޙައްޖަށް ދިއުމަށް ނިޔަތްގަނެ އެކަމަށް މަސައްކަތްކުރާ މީހާއަށް އެވަނީ ޙައްޖު ހޯދިފަ!

ޙައްޖުވުމަށް އިޚްލާޞްތެރި ނިޔަތާއިއެކު ހިތްވަރުކޮށް އެކަމަށް ނިޔަތް ގަނެގެން މަސައްކަތްކުރަމުން ދަނިކޮށް ޙައްޖު ނުވެވި މަރުވެދާނެތީ ކަންބޮޑުނުވާށެވެ! އެކަން ﷲ ތަޢާލާ މޮޅަށް ދެކެ ދެނެވޮޑިގެންވެއެވެ. ބައްލަވައި ވޮޑިގެންވެއެވެ. 

އަސާސީ ބޭނުންތަކަށްފަހު ތިމާގެ މުސާރައިން މަކު ބާކީކުރާ އެންމެ 10 ރިންގިޓް ކަމަށްވީނަމަވެސް 3 ޑޮލަރުކަމަށްވީނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ! އަދި ކީއްހެއްޔެވެ؟ އެންމެ ރިންގިޓެއް އެންމެ ޑޮލަރެއް ބާކީ ނުވި ނަމަވެސް އެއީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ބާކީކުރެވުނު މިންވަރެއް ޙައްޖު ޖަމާޢަތަށް ދައްކަމުން ގެންދާށެވެ. 

އަދިވެސް ބުނަން ހެއްޔެވެ؟ އަސާސީ ބޭނުންތައް ފުއްދައި އެންމެ ރިންގިޓެއް ބާކީ ނުކުރެވޭ މީހާ ވެސް އެއްވެސް ވަރަކަށް ކަންބޮޑުވާނެ ކަމެއް ނެތެވެ. ޙައްޖުވުމަށް އިޚްލާޞްތެރިކަމާއިއެކު ނިޔަތް ގަނެ އެކަމަށް މަގުފަހިކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! 

ތިބާއަށް ލިބެނީ ﷲ ތަޢާލާ ދެއްވަވާ މިންވަރަށެވެ. ތިބާގެ އަމިއްލަ އިޚްތިޔާރުގައި ކުރަމުން އަންނަ ޚަރަދުތައް ވެސް ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވެއެވެ. ސިގިރޭޓަށާ ކޮފީއަށާއި އެނޫންވެސް ކަންކަން ކުރަން އިސްރާފް ކުރާ މިންވަރުވެސް ދެކެދެނެވޮޑިގެންވެއެވެ. އަދި ޙައްޤު ގޮތުގައި ކުރާ ހޭދަތައްވެސް ދެކެ ދެނެވޮޑިގެންވެއެވެ. 

ވީމާ ހަމަ ކޮންމެ މީހަކީވެސް ޙައްޖުވުމަށް ނިޔަތް ގަނެގެން މަސައްކަތްކުރާ މީހަކަށްވާށެވެ! ލިބުނު ވަރަކުން ފައިސާ ޖަމާކުރަމުން ގެންދާށެވެ! އަތުގައި ބެހެއްޓުމުން ބޭނުންކުރަން  ފަސޭހަވުން ޭނުންކުރެވުން އޮންނާނީ ކައިރީގައެވެ. ސަރުކާރު މެދުވެރިވެ ސަރުކާރު ގަރަންޓީ ދީގެން ހިންގާ ސްކީމްތަކުގައި ބައިވެރިވާށެވެ! 

ބަލަންވީ މަދުން ފައިސާ ޖަމާކުރެވޭތީ ޙައްޖަށް ދެވޭނެ އަހަރެއް ނޫނެވެ! ޔަޤީންކުރަންވީ އެކަމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރެވޭ ކަމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން