ގްރޭޑް 1 އިން 10 އަކަށް ކީރިތި ޤުރްއާން ކިޔެވުމަކީ އިޚްތިޔާރީ މާއްދާޢަކަށް ނޫޅޭ ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ޤުރްއާން އިޚްތިޔާރީ މާއްދާއަކަށް ހަދަން އުޅޭކަމުގެ އިތުބާރުހުރި ގޮތުގައި ލިބިގެން އެކަމާއި ދެކޮޅަށް ބައެއް ޢިލްމުވެރިންނާއި ރައްޔިތުން ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހަޅަން ޕެޓިޗަނެއްގައި ސޮއިކުރަންވެސް ފަށާފައި ވަނިކޮށެވެ.
އެއްދަންފަޅިއަށް ބަދަލުކުރި ސްކޫލްތަކުގައި ހަރަކާތްތައް ފޭށޭނީ ފަތިސްނަމާދުން ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެކަން ތަންފީޒުކުރަން ކުރި އެއްވެސް ކަމެއް އެނގިފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން މިއަދުނޫހުން މައުލޫމާތު ހޯދަން ކުރި މަސައްކަތުން އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިދިއަ އަހަރު ވިދާޅުވީ އެކަން އެގޮތަށްވުމަށް މިނިސްޓްރީން އުންމީދުކުރާ ކަމަށެވެ. ނަމަވެސް 6 ޖަހާއިރަށް ކަސްރަތުކުރަން އަންނަނީ ނަމާދުކޮށްގެންތޯ ދަރިވަރުންނާ ސުވާލުވެސް ނުކުރާ ކަމަށެވެ.
މިއަހަރު ފެށުމުން އެކަމުގައި އެއްވެސް ފިޔަވަޅެއް އެޅުނުތޯ ބަލަން ކުރި މަސައްކަތުން އަދި ވަނީ އެއްވެސް މައުލޫމާތެއް އޮޅުންފިލާ ގޮތް ނުވެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ބަޔާން:
ނޫސްބަޔާން. pic.twitter.com/bzrcQKLeu2
— Ministry of Education (@MoEdumv) February 2, 2020