ވުހާން ސިޓީގައި ތިބި ދިވެހިން ޗައިނާއިން ބޭރުވާން ޗައިނާއިން ފޯރުކޮށްދިން އެހީތެރިކަމަށް ރައީސް ޞާލިޙް ޝުކުރު އަދާކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ވުހާން ސިޓީގައި ތިބި ދިވެހިން ޗައިނާއިން ބޭރުވާން ޗައިނާއިން ފޯރުކޮށްދިން އެހީތެރިކަމަށް ރައީސް ޞާލިޙް ޝުކުރު އަދާކުރައްވައިފި

ޗައިނާގައި ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ވުހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި ދިވެހިން އެ ސީޓީން ބޭރުވުމަށް ޗައިނާއިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ޗައިނާ ސަރުކާރަށާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވެފައިވަނީ ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ މީހުންގެ ކަންކަމާއި ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން އެނބުރި ޗައިނާއަށް ދިއުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭ ކަމަށެވެ.

ޗައިނާއަކީ ރާއްޖޭގެ އިޞްޠިޞާދާއި ޢުމްރާނީ ކުރިއެރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ޤައުމެވެ. ފާއިތުވި 8 އަހަރު އެއް ޤައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ޤައުމަކީވެސް ޗއިނާއެވެ. އެހެންކަމުން ޗައިނާ ވެފައިވަނީ ރާއްޖޭގެ އިްްޠިޞާދަށް އެންމެ ބޮޑަށް ކުރިއެރުން ހޯދައިދޭ ޤައުމަށްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން