ޑައިސް ބޭނުންކޮށްގެން ކުޅޭ އެންމެހާ ކުޅިވަރުތައް ކުޅުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 16ސ
ޑައިސް ބޭނުންކޮށްގެން ކުޅޭ އެންމެހާ ކުޅިވަރުތައް ކުޅުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ!

عن بريدة رضي الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( مَنْ لَعِبَ بِالنَّرْدَشِيرِ فَكَأَنَّمَا صَبَغَ يَدَهُ فِي لَحْمِ خِنْزِيرٍ وَدَمِهِ ). {رواه مسلم (2260) وأبو داود (4939) وابن ماجة (3763) وأحمد (22470)}

ބުރައިދާ ރަޟިޔަﷲ ޢަންހުގެ ކިބައިއިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޑައިސް ބޭނުންކޮށްގެން ކުޅެފިމީހާ އޭނާގެ އަތް އޫރުމަހާއި އޫރު ލޭތަކެއްގެ ތެރެއަށް ކޮށްޕި ފަދައެވެ.”

عَنْ أَبِي مُوسَى الْأَشْعَرِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( مَنْ لَعِبَ بِالنَّرْدِ فَقَدْ عَصَى اللَّهَ وَرَسُولَهُ ) {رواه أبو داود (4938) وابن ماجة (3762) وأحمد (19027) والبيهقي (21478). وحسنه الألباني فيصحيح الجامعرقم (6529) .}
އަބޫ މޫސަލް އަޝްޢަރީ ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޑައިސް ބޭނުންކޮށްގެން ކުޅެފިމީހާ، ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެއެވެ.”

عن عبد الله بن مسعود قال : ( إياكم وهاتين الكعبتين الموسومتين اللتين تزجران زجرا ؛ فإنهما من الميسر ) {رواه البخاري فيالأدب المفرد” (1270). صححه الألباني فيصحيح الأدب المفردبرقم (1270).}
ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ތިޔަބައިމީހުން ތިޔަ އުކާ ފާގަޖަހާފައިވާ މިދެ ކޮޑިއާމެދު ތިޔަބައިމީހުން ސަމާލުވާށެވެ. އެހެނީ އެ ހިމެނެނީ ޖުވާގެ ތެރެއިންނެވެ.
عن عائشة رضي الله عنها: ” أنها بلغها أن أهل بيت في دارها- كانوا سكاناً فيها- عندهم نرد، فأرسلت إليهم : ” لئن لم تُخرجوها لأخرجنكم من داري، وأنكرت ذلك عليهم . {رواه البخاري في الأدب المفرد أيضا (1274) حسنه الألباني فيصحيح الأدب المفردبرقم (1274).}

ޢާއިޝާ ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. “އެކަމަނާގެ ގެއެއްގައި ދިރިއުޅެމުން އައި ބަޔެއްގެ އަތުގައި ޑައިސްއެއް އޮތް ޚަބަރު އެކަމަނާއަށް ލިބިވަޑައިގެން، އެމީހުންނަށް އެންގެވިއެވެ. “ތިޔަބައިމީހުން އެ ޑައިސް އެއްލާނުލާނަމަ އަހަރެން ތިޔަބައިމީހުން އަހަރެންގެ ގެއިން ނެރެލާހުށީމެވެ.” އެކަމަނާ އެބައިމީހުން އަތުގައި އެ ޑައިސް އޮތަތީ އެކަމަށް އިންކާރުކުރެއްވިއެވެ.”

عن عبد الله بن عمرو بن العاص قال: “اللاعب بالفصّين قماراً كآكل لحم الخنزير، واللاعب بهما غير قمار كالغامس يده في دم خنزير”. {صححه الألباني فيصحيح الأدب المفردبرقم (1277) .} ޢަބްދުﷲ ބިން ޢަމްރޫ ބިން އަލްޢާޞް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ޖުވާކުޅުމުގައި ޑައިސް ބޭނުންކުރާ މީހާގެ މިސާލަކީ އޫރުގެ މަސް ކާ މީހެއްގެ މިސާލެވެ. އަދި ޖުވާކުޅުމަށް ނޫން ގޮތަކަށް ޑައިސް އިން ކުޅޭ މީހާގެ މިސާލަކީ އޫރުލޭގެ ތެރެއަށް އަތްބާނާ މީހެއްގެ މިސާލެވެ 

قال شيخُ الإسلامِ ابنُ تيميةَ فيالفتاوى ” : وَالنَّرْدُ حَرَامٌ عِنْدَ الْأَئِمَّةِ الْأَرْبَعَةِ، سَوَاءٌ كَانَ بِعِوَضٍ أَوْ غَيْرِ عِوَضٍ .
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ހަތަރު އިމާމުންގެ އަރިހުގައިވެސް ޑައިސް ޙަރާމްވެގެންވެއެވެ. އެއީ ބަދަލެއް ލިބޭގޮތަށް ކުޅުނުކަމުގައިވިޔަސް އަދި ބަދަލެއް ނުލިބޭގޮތަށް ކުޅުނުކަމުގައިވިޔަސް މެއެވެ.” ” الفتاوى
ޑައިސް ޙަރާމްކަމުގެ މައްޗަށް ސަލަފުން އިޖުމާޢުވެވަޑައިގެންފައިވެއެވެ. އިބްނު ޤުދާމާ ރަޙިމަހުﷲ މިއިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ 

ޑައިސް ޙަރާމްވުމުގެ ޙިކުމަތާމެދު ޢިލްމުވެރިން ވާހަކަދައްކަވާފައިވެއެވެ.

އެގޮތުން، އެއީ ޑައިސް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކަކީ، ﷲ ގެ ޛިކްރުން މީހާ ޣާފިލުކުރާ އެއްޗަކަށްވުމާއި، އެއީ އެއްވެސް ފައިދާއެއް ނެތް، ޖުވާގެ ބާވަތެއް ކަމުގައި ބުނެވެއެވެ. އަދި އެ ކުޅުމަކީ ޖުވާކުޅުމަށް މަގުފަހިވާ ކަމަކަށްވާތީ އެކަން ޙަރާމްވީ ކަމުގައިވެސް ބުނެވެއެވެ.

އަދި ޑައިސް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތައް ނަހީވުމުގެ ސަބަބެއް ކަމުގައި އެފަދަ ކުޅިވަރު ތަކަކީ ނަސީބު (ޗާންސު)ގެ މައްޗަށް މޮޅުވުމާއި ދެރަވުން ބިނާވެފައިވާ ކުޅިވަރަކަށް ވުން ހިމެނެއެވެ. މިފަދަ ކުޅިވަރުތަކުގައި މީހާގެ ހުނަރުގެ އެއްވެސް ބޭނުމެއް ނުހިފެއެވެ. މިގޮތަށް ކުޅޭ މީހާގެ އިޚްތިޔާރެއް ނެތި، ޗާންސުން މޮޅުވާގޮތަށް ހުންނަ ހުރިހާ ކުޅިވަރުތަކަކީ ޙަރާމް ކުޅިވަރުތައް ކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. އިސްލާމްދީން ބާރުއަޅަނީ މީހާގެ ހަށިގަނޑަށް ފައިދާކުރާ، ޙަރަކާތްތެރި ކުރުވާ ކުޅިވަރުތަކަށެވެ. އޭނާގެ ހަށިގަނޑު ވަރުގަދަކޮށް، އަޅުކަން ކުރުމަށާއި ޖިހާދުކުރުމަށް ހަށިގަނޑު ހާނައިދޭ ކުޅިވަރުތަކަށެވެ. އެގޮތުން، ތީރިއުކުމާއި، އަސްދުއްވުމާއި، ފެތުން ފަދަ ކުޅިވަރުތަކަށެވެ. ޗާންސުގެ މައްޗަށް މޮޅުވުން ބިނާވާ ކުޅިވަރުތަކީ ކުޅިވަރު ކުޅޭ މީހާގެ މޮޅުކަން ފެންނަ ކުޅިވަރުތަކެއް ނޫނެވެ. އަދި ފައިދާހުރި ކުޅިވަރެއްވެސް ނޫނެވެ.

ޑައިސްބޭނުން ކޮށްގެން ކުޅޭ ކުޅިވަރުތަކުގެ ފެށުން ބިނާވެފައިވަނީ ޔަހޫދީ ޢަޤީދާއެއްގެ މައްޗަށެވެ. (މި ޢަޤިދާ فيض القدير ގައި އަލްމަނާވީ ރަޙިމަހުﷲ ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ. އަދި އައްޝައުކާނީ ރަޙިމަހުﷲ، نيل الأوطار ގައިވެސް މި ޢަޤީދާ ތަފްސީލުކޮށްދީފައިވެއެވެ.) އެގޮތުން ޑައިސް ބޭނުންކޮށްގެން ކުޅިވަރު ކުޅުމުގައި ޔަހޫދީންނާ އެއްގޮތްވުން ހިމެނުމަކީވެސް އެކަން ޙަރާމްވުމުގެ ސަބަބެކެވެ. އަދި އެއީ އިތުރު ބޮޑު ފާފައަކަށް މަގުފަހިކުރާ ކަމެކެވެ. ފާފައަށް މަގުފަހި ކުރާ އެންމެހާ ކަންތައްތައްވެސް އިސްލާމްދީން ނަހީކުރައްވާފައިވެއެވެ. އެގޮތުން ޑައިސްގެ ކުޅިވަރު ތަކުގެ ސަބަބުން ޖުވާއަށް މަގުފަހިވެއެވެ. (ބައްލަވާ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ مجموع الفتاوى (32/ 226)) އަދި އެއީ ނަމާދު އެޅުމާއި ﷲ ގެ ޛިކްރުން ޣާފިލުކުރުވާ ކުޅިވަރުތަކެކެވެ. އަދި އެ ކުޅޭމީހުންގެ މެދުގައި ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަން އުފައްދާ ކުޅިވަރުތަކެކެވެ. (ބައްލަވާ : المغني لابن قدامة (14/ 156) ) 

މަރްޖިޢު
حكم لعب النرد وما شابهها من الألعاب” الشيخ عبدالله زقيل
https://islamqa.info/ar/answers/181642 

ލިޔުމުގެ އަޞްލު:

https://dhisalafiyyah.net/article/33941?fbclid=IwAR1d6kbp2g-FAuLaVwYRuS6CmW6AM953kTGSxGCJHUDYu8zakYLilvC8pfk

 

 

މިއަދު އޮންލައިން