ކޮރޯނާ ވައިރަހަށް ކަށަވަރުވެފައިވާ މީހަކު އަދި ރާއްޖެއިން ފެނިފައެއް ނުވޭ: ޑޮކްޓަރުން

ކިޔުމަށް ހޭދަވާނީ 2މ 1ސ
ކޮރޯނާ ވައިރަހަށް ކަށަވަރުވެފައިވާ މީހަކު އަދި ރާއްޖެއިން ފެނިފައެއް ނުވޭ: ޑޮކްޓަރުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ނޮވެލް ކޮރޯނާ) ޖެހިފައިވާކަން ކަށަވަރުވެފައިވާ މީހަކު އަދި ރާއްޖެއިން ފެނިފައިނުވާ ކަމަށް ބައެއް ޑޮކްޓަރުން ވިދާލުވެއްޖެއެވެ.

ކޮރޯނާ ވައިރަހާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދެއްކެވި ޑޮކްޓަރުންގެ ޕެނަލުން ވިދާޅުވީ، މިބައްޔަށް ކަށަވަރުވެފައިވާ އެއްވެސް މީހަކު އަދި ރާއްޖެއިން ފެނިފައިވާ ނުވާ ކަމަށާއި ހަމައެކަނި ފެނިފައިވަނީ މިބައްޔަށް ޝައްކު ކުރެވޭ ފަރާތްތަކެއް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ޑރ. އިބްރާއިމް އަފްޒަލް، ޑރ. މޫސާ ހުސެއިން އަދި ޑރ. މުޙައްމަދު އަލީ އެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މިބައްޔަކީ ވައިގެ ޒަރީޢާއިން ދަތުރުކުރާ ބައްޔެއް ނޫން ކަމަށާއި ބަލި ފެތުރެނީ އެބަލި ޖެހިފައި ހުންނަ މީހެއްގެ ކުޅުން ކަމަށެވެ. ބަލި ޖެހިފައިވާ މީހަކު ކެއްސުމުން ނުވަތަ ކިނބިހި އެޅުމުން އަނގައިން ބޭރުވާ ކުޅުގެ ސަބަބުން، ނުވަތަ އޭގެ ތިއްކެއް އެހެން މީހެއްގެ އަތުގައި ހޭކި، އަތް ލޮލުގަ ނުވަތަ އަނގައިގަ ވިޔަސް ޖެހިއްޖެނަމަ މިވައިރަސް ފެތުރިދާނެ ކަމަށް ވެސް ޑރ، އަފްޒަލް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން ނޫސްވެރިންނަށް އިތުރަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ޑރ. ނަޒްލާ ވިދާޅުވީ މިބައްޔަކީ ވަކިން ޚައްސަ ފަރުވާއެއް ހުރި ބައްޔެއް ނޫން ކަމަށާއި ނަމަވެސް މިހާރު އެއެޖެންސީން ތިބީ ވަކި ލެވެލަކަށް ބަލީގެ ހާލަތު ގޮސްފިނަމަ ނުވަތަ އެކި ކަހަލަ ބަލި މީހުން ފެނިއްޖެނަމަ އެމީހުން ބައިތިއްބާނެ ތަންތަން ކަނޑައަޅާފަ ކަމަށެވެ.

"އެންމެ ސިވިއަރވާ މީހުން ވެސް މިސާލަކަށް ގެންދަންޖެހި ވެންޓިލޭޓް ކުރަންޖެހޭ ހާލަތައް ގޮސްފިއްޔާވެސް އެފަދަ މީހުން ވަކިން ބެހެއްޓޭނެ އައިސީޔޫ އެއް އެބަހުރި އައިޖީއެމްއެޗްގެ ދަރުމަވަންތަ ހޮސްޕިޓަލްގަ ތައްޔާރު ކުރެވިފަ. އެއީ ހަމަ ނޯމަލް އައިސީޔޫ ސެޓަޕެއްގަ ދޭންޖެހޭ ހުރިހާ ފަރުވާއެއް އެތަނުން ދެވޭނެ. އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގަ އެރޭންޖު ކުރެވިފަ މިހުރީ އެކި ލެވެލްގެ އެކި ކޮންޑިޝަންގެ މީހުންނަށް އެކިތަންތަނުގަ ފަރުވާ ކުރެވޭނެ ގޮތަށް." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު އޮންލައިން