ކަރަންޓީނު ކުރި މީހާގެ ޙާލު ރަނގަޅު! އިތުރު މީހަކަށް ޝައްކު ކުރެވިފައެއް ނެތް!: ހެލްތް މިނިސްޓްރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ކަރަންޓީނު ކުރި މީހާގެ ޙާލު ރަނގަޅު! އިތުރު މީހަކަށް ޝައްކު ކުރެވިފައެއް ނެތް!: ހެލްތް މިނިސްޓްރީ

ޗައިނާގެ މީޓް މާރުކޭޓަށް ގޮސްފައިވާތީ ކޮރޯނާ ވައިރަސް ހުރެދާނެ ކަމަށް ޝައްކުކުރެވިގެން އިއްޔެ އެކަހެރިކުރި މީހާގެ ޙާލު ރަނގަޅު ކަމަށާއި އޭނާގެ ކިބައިން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް އަދި ނުފެންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.  

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ޑަބްލިޔޫއެޗްއޯ އިން ލިބިފައިވާ އެންމެފަހުގެ މައުލޫމާތަށް ބައްލަވާއިރު އޭނާގެ ސާމްޕަލް ޕޫނޭގެ ލެބޯޓްރީއަށް ފޯރާނާ މާދަމާ (ހޮނިހިރު ދުވަހު) ގެ ހަވީރުގެ ވަގުތެއްގައެވެ. އަދި ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.  

ޑރ. ޢަލީ ލަޠީފް ވިދާޅުވީ އިތުރު 2 މީހަކު އިތުރަށް ބަލަމުން ގެންދާ ކަމަށެވެ. "އަދި އެންމެން މާސްކް އަޅަންޖެހޭ ޙާލަތަކަށް ނުދޭ! ހޮސްޕިޓަލުގައިވެސް ޑޮކްޓަރުން އަދި މާސްކް މިއަޅަނީ އީއާރު ފަދަ ގިނަ އަދަދެއްގެ ބަލި މީހުން އަންނަ ސަރަހައްދުގަ. ހުރިހާ ސަރަޙައްދުތަކުގައެއް ނޫން."  

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އަރިދަފުސް ރޯގާ ޖެހޭ ބައެއް މީހުން ޑޮކްޓަރަށް ދައްކައި ބަލި ކަށަވަރުކުރަން އެދެމުން ދާ ކަމަށާއި ޑޮކްޓަރަށް ދައްކައި ޓެސްޓްކުރަން އެދިއްޖެ ނަމަ ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން އެކަހެރިކުރަން ޖެހޭ ކަމަށް ޑޮކްޓަރުންނަށް ފާހަގަކުރެވިއްޖެ ނަމަ އެކަހެރި ކުރާނެ ކަމަށާއި ނަމަވެސް އޭނާއަކީ ކޮރޯނާ ވައިރަސްގެ އަސަރު ހުރިމީހެއް ކަމަށް ބެލެވޭނީ އެކަމަސް ކުރަންޖެހޭ ޓެސްޓްތަކުގެ ނަތީޖާ ނަތީޖާ ލިބުމުން ކަމަށެވެ.

އަމީން ވިދާޅުވީ މީހަކާއިމެދު "ސަސްޕެކްޓެޑް ކޭސް" އެއް ކަމަށް ބެލެވޭ ފައްތަރަށް ކަންކަން ހުރި ނަމަވެސް ޓެސްޓްކުރާނެ ކަމަށާއި ޔަޤީންކުރަން ކުރެވެންހުރި ހުރިހާ ކަންކަން ކުރާނެ ކަމަށެވެ.   

އަމީން ވިދާޅުވީ އެއާޕޯޓްގައި މީހަކާއި ސުވާލުކޮށްލާ ހިސާބުންވެސް، އިތުރަށް ބަލައިލަންގެންދާތަން ފެނުނު ނަމަވެސް ފޮޓޯ ނަގައި ޝައްކު އުފެދޭ ޒާތުގެ މައުލޫމާތު ހާމަކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް މީހަކާ ސުވާލުކޮށް އަދި އިތުރަށް ކަންކަން އޮޅުންފިލުވައި ހެދެނީ ކޮންމެހެން އެމީހަކާއިމެދު ބައްޔަށް ޝައްކުކުރެވިގެން ނޫން ކަމަށެވެ.

މިއަދު އޮންލައިން