ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އެޅުމަށް ރައީސް ޞާލިޙް އިރުޝާދު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އެޅުމަށް ރައީސް ޞާލިޙް އިރުޝާދު ދެއްވައިފި

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާއިބެހޭ އިދާރާތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިރުޝާދު ދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އެކަމަށް އިރުޝާދު ދެއްވާފައިވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއިއެކު މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.   

މިބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދިވެހި ރައްޔިތުންނާއި މި ޤައުމަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމށެވެ. 

މިބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޗައިނާއާއި މި ވައިރަސްގެ އަސަރު ފެނިފައިވާ އެހެނިހެން ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހީންގެ ޙާލަތު އޮޅުންފިލުއްވައި، އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސާފު ކުރައްވައިފައެވެ. 

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވައިފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވައި އެމަނިކުފާނުވަނީ މިކަމުގައި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް އިރުޝާދު ދެއްވައިފައެވެ.

 

މިއަދު އޮންލައިން