ކޮރޯނާ ވައިރަސްގެ ސަބަބުން ފަސްހާސް އަށްވުރެ ގިނަ ފަތުރުވެރިންގެ ބުކިންގްސް ކެންސަލް ކޮށްފި: ޢަލީ ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ކޮރޯނާ ވައިރަސްގެ ސަބަބުން ފަސްހާސް އަށްވުރެ ގިނަ ފަތުރުވެރިންގެ ބުކިންގްސް ކެންސަލް ކޮށްފި: ޢަލީ ވަޙީދު

މިހާރު ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން މިހައިތަނަށް ކެންސަލްކުރިކަން އެނގިފައިވާ ބުކިންގސްތަކުގެ އަދަދު 5000 އަށްވުރެ ގިނަ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ވަޙީދު ވިދާޅުވީ ކެންސަލް ކުރަމުން ގެންދަނީ ހަމައެކަނި ޗައިނާގެ ފަތުރުވެރިންގެ ބުކިންގްސް ނޫން ކަމާއި މި ބަލި ފެތުރިފައި ނުވާ ޤައުމުތަކުގެ ފަތުރުވެރިންވެސް ކެންސަލް ކުރަމުން ގެންދާ ކަމަށެވެ.  

ޢަލީ ވަޙީދު ވިދާޅުވީ މުޅި ދުނިޔެއަށް ވަރަށް ބޮޑު ކަންބޮޑުވުމަކަށްވެފައިވާ ކޮރޯނާ ވައިރަސްގެ މައްސަލައިގައި ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްޠިޞާދަށް އަސަރުތަކެއް ކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުން އިސްކަން ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކަތެރިކަމަށެވެ.

މިއަދު އޮންލައިން