ކޮރޯނާ ވައިރަސް އާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު ޢާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވެވުން އެދި ޤުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޤުނޫތު ނާޒިލާ ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި 2020 ޖަނަވަރީ30 ވާ ބުރާސްފަތި ދުވަހުގެ މަޣްރިބު ނަމާދުން (މިރޭގެ މަޣްރިބް ނަމާދުން) ފެށިގެން، އެ މިނިސްޓްރީން އިތުރު ގޮތަކަށް އަންގަންދެން، ކޮންމެ ޖަހްރިއްޔާ (އަޑުހަރުކޮށް ކިޔަވާ) ނަމާދުތަކުގެ ފަހު ރަކްޢަތުގެ އިޢުތިދާލުގައި ކިޔާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ބޮޑު ވަބާއަކަށްވެފައިވާއިރު ރާއްޖެއިން ފިލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށުމަކީ ވެސް ހަމަ މާތް ﷲ ގެ އިންޒާރެކެވެ. ވިސްނައި ފިކުރުކުރުން ހުއްޓެވެ!