ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ހިލޭ ރާއްޖެ ގެންނަން މޯލްޑިވިއަން އިން އާދިއްތަ ދުވަހު ފަށަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ހިލޭ ރާއްޖެ ގެންނަން މޯލްޑިވިއަން އިން އާދިއްތަ ދުވަހު ފަށަނީ!

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން އެ ޤައުމުގެ ބައެއް ސިޓީތަކުގައި ތިބި ދިވެހިންނަށް ހިލޭ ރާއްޖެ އައުމުގެ ފުރުސަތު މޯލްޑިވިއަނުން ފަހިކޮށްދީފިއެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ ޗައިނާގައި ތިބި ދިވެހިން ރާއްޖެ އައުމަށް އެ އެއަރލައިނުން އެހީތެރިވެދޭނެކަމަށެވެ. އެގޮތުން ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިންނަށް ހިލޭ ރާއްޖެ އައުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ހިމެނެނީ ޝިއާން، ޗެންޑޫ، ހަންޖޯ، ޗޮންޗިން އަދި ނަންޖިންގ ސިޓީއެވެ.

މޯލްޑިވިއަންއިން ޗައިނާގެ މި ފަސް ސިޓީއަށް ދަތުރުކުރާ ޝެޑިއުލްއަށް ބަލާއިރު ޝިއާން އިން ރާއްޖެއަށް ފުލައިޓް އޮންނަނީ އާދިއްތަ ދުވަހުއެވެ. ޗޮންޗިން އިން ހޯމަދުވަހު ދަތުރުކުރާއިރު، ނަންޖިންގއިން އަންގާރަ ދުވަހު، ޗެންޑޫ އިން ބުދަ ދުވަހު އަދި ހަންޖޯ އިން ރާއްޖެއަށް ފުލައިޓް އޮންނަނީ ހުކުރު ދުވަހުއެވެ.

ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން މޯލްޑިވިއަން މެދުވެރިކޮށް ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޗައިނާގައި ހުންނަ ދިވެހި އެމްބަސީއަށް އެކަން އެންގުމަށް މޯލްޑިވިއަންއިން އެދެއެވެ.

ޗައިނާގެ އެކި ސިޓީތަކުގައި މިވަތުގުތު 79 ދިވެހިން ތިބިކަމަށް އެ ޤައުމުގައި ހުރި ރާއްޖޭގެ އެންބަސީން މައުލޫމާތުދެއެވެ. އަދި ކޮރޯނާ ވައިރަސް ފެތުރުނު ވޫހާން ސިޓީގައި 9 ދިވެހިން ތިބިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްބަސީން ވިދާޅުވެއެވެ. ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން އެމްބަސީއަށް ގުޅައި އެފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ޗައިނާގައި ހުރި ދިވެހި އެންބަސީން އެދެއެވެ.

މިއަދު އޮންލައިން