ޗައިނާގައި ތިބި ދިވެހިން ހިލޭ ރާއްޖެއަށް އެނބުރި އައުމުގެ ފުރުސަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
މިކަންހާމަކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ފުރުސަތު މޯލްޑިވިއަން އިން ޗައިނާއަށް ދަތުރުކުރާ ފަސް ސިޓީގައި ތިބި ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ.
ޗައިނާއިނާގެ ޗޮންގްކިންގް، ޗެންގްޑޫ، ހަންގްޒޫ، ނަންގްޖިންގް އަދި ޒިއާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އެނބުރި އަންނަން ބޭނުންވާ ފަރާތްތަކުން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށް މިނިސްޓަރުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ދަނީ ހަލުވި ކަމާއެކު ފެތުރަމުންނެވެ.
President @ibusolih has decided to provide free return to all Maldivians in China from the 5 destinations Maldivian flies to in China: ChongQing, Chengdu, Hangzhou, Nanjing, Xian.
— Abdulla Shahid (@abdulla_shahid) January 28, 2020
All Maldivians who wish to return are requested to contact the Maldives Embassy in China.