މާލެ ހިޔާ 25 ބުރިއަށް! "ސަރަނގުގެ" އެންމެ މަޝްރޫޢަކުން ވެސް އިތުރު އެތައް ހާސް ބައަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މާލެ ހިޔާ 25 ބުރިއަށް! "ސަރަނގުގެ" އެންމެ މަޝްރޫޢަކުން ވެސް އިތުރު އެތައް ހާސް ބައަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ!

"މާލެ ހިޔާގެ ޢިމާރާތްތައް މިހާރު އެހެރީ މާބޮޑަށް ވީރާނާވެފަ. އެތަންތަން މަރާމާތުކުރަން އުޅުމަކީ ހައްލެއް ނޫން. އެ އިމާމާރާތް ވީތަޅައިލަން. އެ ބިމުގައި އެބައޮތް މާތަނަވސްކޮށް ދިރިއުޅެވޭނެ ގޮތަށް މާގިނަ ފްލެޓްތައް އަޅައި މާ ފުރިހަމައަށް ޚިދުމަތްތައް ލިބޭނެ ގޮތަށް އަދި ފިހާރަތަކާ އެފަދަ ތަންތަން ކުއްޔަށް ދީގެން އާމްދަނީވެސް އިތުރުކުރެވޭނެ ގޮތަށް 25 ބުރިއަށް ޒަމާނީ އިމާރާތެއް ކުރެވޭނެ ޖާގަ.

އެހެންވީމާ އަޅުގަނޑުގެ ވިސްނުމަކީ އެ ބިމުގައި 25 ބުރިއަށް އިމާރާތެއް އަޅައި ފްލެޓްތައް ގިނަ ބއަކަށް ދިނުން. މިހާރު ތިބި މީހުންނަށް ފްލެޓްދީފައި އިތުރަށް ހުންނަ ފްލެޓްތައް އެހެން ބައަކަށް ދޭނީ. އެއިރުން އިތުރު އެތައް ހާސް ބައަކަށް ބޯހިޔާވަހިކަންވެސް ލިބޭނެ."

މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

ސަރަނގު އާދަމް މަނިކު މިމޭރުމުން ވިދާޅުވެފައިވާއިރު މިފަދަ މަޝްރޫޢަކަށް ދައުލަތުގެ ފައިސާވެސް ބޭނުމެއް ނުވާނެއެވެ. އެފަދަ އިމާރާތެއްގައި ވިޔަފާރީގެ ބައަށް ޚާއްޞަކުރާ ބައިން ލޯނުވެސް ދެއްކޭނެއެވެ. އެކަމުގެ ސަބަބުން ފްލެޓްތަކުގެ ކުލިވެސް ކުޑަކުރެވޭނެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަނީ އެފަދަ އުޞޫލުތަކުންނެވެ.

ސަރަނގު އާދަމް މަނިކުގެ މެނިފެސްޓޯއިން:

 

މިއަދު އޮންލައިން