ވަރަށް ލޯބިވާ ކަމަށް ޤަބޫލުކުރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވަރަށް ލޯބިވާ ކަމަށް ޤަބޫލުކުރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓް!

އަންހެނުން ގާތު ވަރަށް ލޯބިވާ ކަމަށް ބުނާ ފިރިހެނުންނާ ފިރިހެނުން ގާތު ވަރަށް ލޯބިވާ ކަމަށް ބުނާ އަންހެނުންތަކުން ދުނިޔެ މިވަނީ ފުރިފައެވެ. ވީމާ މިފަދައިން ބުނާ މީހުން އިމްތިޙާން ކުރަން އެބަޖެހެއެވެ. ލޯބިވާ ކަމާއި ލޯބިވާ މިންވަރާއި ލޯބީގައި ތެދުވެރިވާނެ މިންވަރު ބަލަން އެބަ ޖެހެއެވެ. 

ވީމާ، ވަރަށް ލޯބިވާ ކަމަށް މީހަކު ބުނެފިނަ ފުރަތަމަ ވެސް ދުވާލަކު ކުރާ ނަމާދުގެ އަދަދު އަހާށެވެ. ޖަވާބުގައި 5 އަށްވުރެ މަދުން ބުނެފި ނަމަ ބުނާށެވެ! 

"ތިބާ އަކީ ބޮޑު ދޮގުވެރިއެކެވެ. ތިބާ އުފައްދަވައި ތިބާއަށް ހުރިހާ ނިޢްމަތްތަކެއް މިންވަރުކުރައްވަވާ ތިބާގެ ވެރި ރައްބު ދެކެ ލޯބިނުވާ މީހަކު އަހަރެން ފަދަ ދެރަ ނިކަމެތި އިންސާނަކު ދެކެ ވާނީ ކޮން ލޯތްބެއް ހެއްޔެވެ؟" 

އެއަށްފަހު އޭނާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ! އޭނާ ގާތު ބުނާށެވެ! ފުރަތަމަ ﷲ ތަޢާލާއަށް ލޯބިވާށެވެ! އެއަށްފަހު އަހަރެން ދެކެ ލޯބިވާށެވެ! މި ތަރުތީބުގައި އަންހެނުން ސާބިތުވާން ފަށައިފިނަމަ ކައިވެނީގެ ނަތީޖާތައް ރަނގަޅުވާން ފާށާނެއެވެ. އަދި އިސްލާމް ދީން ވެސް އިތުރަށް ކުރިއަރާނެއެވެ. އިންޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން