ޗުއްޓީ ދުވަސްތަކުގަ އަޅުކަން ނުކުރާ މީހުންނަށް އޮތް ޢަލީގެފާނުގެ އިންޒާރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޗުއްޓީ ދުވަސްތަކުގަ އަޅުކަން ނުކުރާ މީހުންނަށް އޮތް ޢަލީގެފާނުގެ އިންޒާރު!

ހަފްތާ ބަންދު އައި ނަމަވެސް އަދި އެނޫން ގޮތކަށް ނަމަވެސް ކިރިޔާވެސް ޗުއްޓީއެއް ލިބިއްޖެނަމަ އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރާ މީހުންނަށް ޢަލީގެފާނު ވަނީ ވަރުގަދަ އިންޒާރެއް ދެއްވަވައިފައެވެ.  

ޢަލީގެފާނުގެ މި ބަސްފުޅުން އެނގިގެންދަނީ ކޮންމެ ތަނެއްގައި ކޮންމެ ކަމެއްގައި އުޅުނު ނަމަވެސް ހިތްތައް ﷲ ތަޢާލާ އާއި ގުޅިފައިވާން ޖެހޭނެ ކަމެވެ. ކުޅިވަރާއި މަޖަލުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކޮށް ވަގުތުތައް ހޭދަކުރުމުން ޤިޔާމަތް ދުވަހު އެކަންކަމާއި ކުރިމަތިލާން ޖެހޭނެ ކަމެވެ. 

ހަފްތާ ބަންދުގައިވެސް އަދި ހަފްތާ ބަންދުގައި ނޫން ނަމަވެސް ކުޅިވަރުތައް ވެސް ކުޅޭށެވެ! އުފާވެސް ކުރާށެވެ! ޢާއިލާ އާއިއެކު ވަގުތުވެސް ހޭދަކުރާށެވެ! ނަމަވެސް ކުރާ އެއްވެސް ކަމަކާއި މާބޮޑަށް މަސްއޫލްވެ ﷲ ތަޢާލާގެ މަތިން ހަނދާން ނައްތާކައިގެން ނުވާނެއެވެ. ނަމާދާއި އެހެންވެސް ފަރުޟުތައް މަތިން ހަނދާންކޮށް އަދާކުރަންވާނެއެވެ. 

ޢަލީގެފާނު ބަޔާން ކުރައްވަވާފައި އެވަނީ އެހެން ނޫން ނަމަ އެމީހަކު އާޚިރަތް ދުވަހު ހިތާމަކުރަން ޖެހޭނެ ވާހަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން