އިންޑިއާގެ ހެލިކޮޕްޓަރުގެ ޚިދުމަތަށް ޝާހިދު ތަޢްރީފް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިންޑިއާގެ ހެލިކޮޕްޓަރުގެ ޚިދުމަތަށް ޝާހިދު ތަޢްރީފް ކުރައްވައިފި

ކުއްލި ޙާލަތުގައި ބަލި މީހުން އުފުލުމަށް އިންޑިއާގެ ހެލިކޮޕްޓަރުން ދިވެހިރައްޔިތުންނަށް ފޯރުކޮށްދެމުންފެންދާ ޚިދުމަތަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ތަޢްރީފް ކުރައްވައިފިއެވެ. 

ޝާހިދު ވިޑާޅުވީ ކެންޕޭނަށް ށ. ފުނަދޫއަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހެލިކޮޕްޓަރުން މިއަދު ދިން ޚިދުމަތް ބައްލަވާލައްވާފައިވާ ކަމަށާއި ޚިދުމަތަށް ތަޢްރީފްކުރައްވާ ކަމަށެވެ.

ޝާހިދު މިމޭރުމުން ވިދާޅުވެފައިވާއިރު ފުނަދޫގައި އެމްޓީސީސީ އިން އެޅި އެއާޕޯޓަށް މިއަދު ވަނީ ޓެސްޓް ފްލައިޓްވެސް ޖައްސައިފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެރަށުގެ ގިން ބައަކުވެސް ބައިވެރިވިއެވެ. 

ޝާހިދު ވަނީ އަވަށްޓެރި އިންޑިއާ އާއިއެކު ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ. އަދި އެގުޅުމުގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރަމުން އަންނަ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން