ރޭޕް ކުރާ މީހުންނަށް ޙައްޤު އަދަބު ދޭނެ ގަޓް ސަރުކާރުގަ ހުންނަން ޖެހޭ!‍: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރޭޕް ކުރާ މީހުންނަށް ޙައްޤު އަދަބު ދޭނެ ގަޓް ސަރުކާރުގަ ހުންނަން ޖެހޭ!‍: ޝައިޚް ޢަލީ ޒައިދު

ރޭޕް ކުރާ މީހުންނަށް ޙައްޤު އަދަބު ދޭނެ ގަޓް ސަރުކާރުގަ ހުންނަން ޖެހޭކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަލީ ޒައިދު މިއަދު ވަނީ އަންހެން ކުދިން ޚިޠާނު ކުރުމުގެ މައްސަލައިގައި އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގައި ދީނީ ލަފައަކަށް އެދުމުން އެކަމުގެ ލަފައަކަށް އެ މިނިސްޓްރީން ދިވެހިރާއްޖޭގައި އެފަދަ ފަތުވާއެއް ނެރެން ސަރުކާރުން އުފައްދާފައިވާ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަޖިލީހުގެ ލަފައަކަށް އެދުމުން އެކަން އެއީ ރާއްޖޭގެ މުޅި ސަރަހައްދަށްވުރެ ބޮޑު މައްސަލައަކަށް ހަދައި ލޮލު ފިޔަ ނުޖެހިގެން އުޅޭ މީހުން މަޤްޞަދު ވެސް ހާމަކުރައްވައިފައެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ " ބައެއް މީހުން، ޚާއްޞަކޮށް ލާދީނީ މީހުން އުޅުނީ ރޭޕް ކޭސްގަ (2 އަހަރުގެ ތުއްތު ކުއްޖާ އާ އެނޫންވެސް އެފަދަ މައްސަލަތަކުގަ) ރައްޔިތުން މަރުގެ އަދަބު ޑިމާންޑް ކުރާތީ ކަންބޮޑުވެގެން ޚިތާނޭ (އަންހެން ކުދިން ޚިތާނު ކުރުމޭ) ކިޔައިގެން ފޯކަސް އަނބުރާލަން" ކަމަށެވެ. 

ޝައިޚް ޢަލީ ޒައިދު ވަނީ މިއަދުގެ ހުކުރު ޚުޠުބާގައި މިމައްސަލަތަކަށް ވަރަށް ބޮޑަށް އަލިއަޅުވައިލެވިފައިވާކަން ފާހަގަކުރައްވައި އިސްލާމިކް މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފައެވެ. 

"ބައެއް މީހުން، ޚާއްޞަކޮށް ލާދީނީ މީހުން އުޅުނީ ރޭޕް ކޭސްގަ (2 އަހަރުގެ ތުއްތު ކުއްޖާ އާ އެނޫންވެސް އެފަދަ މައްސަލަތަކުގަ) ރައްޔިތުން މަރުގެ އަދަބު ޑިމާންޑް ކުރާތީ ކަންބޮޑުވެގެން ޚިތާނޭ (އަންހެން ކުދިން ޚިތާނު ކުރުމޭ) ކިޔައިގެން ފޯކަސް އަނބުރާލާށެވެ! ރޭޕް ކުރާ މީހުންނަށް ޙައްޤު އަދަބު ދޭނެ ގަޓް ސަރުކާރުގަ ހުންނަން ޖެހެއެވެ!" --ޝައިކް ޢަލީ ޒައިދު

މިއަދު އޮންލައިން