އާޒިމް އެމްޓީސީސީގެ އެމްޑީ ކަމަށް ބަދަލުކޮށް, ޝާހު އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް ބަދަލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އާޒިމް އެމްޓީސީސީގެ އެމްޑީ ކަމަށް ބަދަލުކޮށް, ޝާހު އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް ބަދަލުކޮށްފި

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަމަށް ބަދަލުކޮށް ކުރިން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން ޝާހު، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ކަމަށް މިއަދު ބަދަލުކޮށްފިއެވެ.

މިކަމާގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުން ބުނެފައިވަނީ އެ ދެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުން ބަދަލު ކުރީ ހިންގުން ރަނގަޅު ކުރުމަށް ކަމަށެވެ. 

އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް އާޒިމް އައްޔަން ކޮށްފައިވަނީ 29 ނޮވެމްބަރު 2018 ގަ އެވެ. އެމްޓީސީސީގެ އެމްޑީ ކަމަށް ޝާހު ހަމަޖެއްސީ 12 ޑިސެމްބަރު 2018 ގަ އެވެ. 

މި ދެ ބޭފުޅުންނަކީ ވެސް  ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުންނެވެ.

މިއަދު އޮންލައިން