"ﷲ އާއި އެއިލާހުގެ ރަސޫލާއާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައެކެވެ.": ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
"ﷲ އާއި އެއިލާހުގެ ރަސޫލާއާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައެކެވެ.": ޝައިޚް ޝާފިޢު

"ދަންނާށެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައެކެވެ."

މިއީ ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭކަން ފާހަގަކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވި ލިޔުއްވުމެއްގެ ތިރީގައި ނޯޓެއްގެ ގޮތުން ލިޔުއްވާފައިވާ ބަސްފުޅެކެވެ.

ޝައިޚްގެ މިބަސްފުޅުން އެނގިގެންދަނީ ﷲ އާއި އެއިލާހުގެ ރަސޫލާއާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައެއް ކަމާއި އެކަމަށް އެންމެންވެސް ސަމާލުކަންދީ ހޭލުންތެރިވާން ޖެހޭނެ ކަމެވެ.

އެފަދަ ކަންކަން ކުރާ މީހުން ތައުބާ ނުވިނަމަ އޮތީ މަރުގެ އަދަބު ދިނުމެވެ. ކުރެވޭ ފާފައަކާއި ގުޅިގެން މަރުގެ އަދަބު ދިނުން ހުއްދަވުމުން އެކަމުގެ ހުރި ނުބައިކަން ބޮޑުކަން އިޙްޞާޞްކޮށްލުން ރަނގަޅުވާނެއެވެ.

ޝައިޚް ބަޔާންކުރައްވާފަދައިން "ﷲ އާއި އެއިލާހުގެ ރަސޫލާއާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައަކަށް"ވާއިރު އެކަން ކުރާ ބައެއް މީހުން ރޭޕް ކުރުމާއި ދެކޮޅަށް ބަސްބުނަމުން އެބަ ގެންދެއެވެ. އެހެނަސް އެމީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ރޭޕްކުރާ މީހުންނަށްވުރެ މާބޮޑެތި ކުށްވެރިންކަން ޝައިޚްގެ މި ބަސްފުޅުން އެނގިގެންދެއެވެ.

މާތްﷲ އެފަދަ މީހުންނަށް ހެޔޮ ވިސްނުން ދެއްވަވާށި! އާމީން

މިއަދު އޮންލައިން