ސީއެސްސީގެ މަސައްކަތްތައް ލަސްވުމުން މިނިސްޓަރ ޝާހިދުގެ ފާޑުވިދާޅުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސީއެސްސީގެ މަސައްކަތްތައް ލަސްވުމުން މިނިސްޓަރ ޝާހިދުގެ ފާޑުވިދާޅުވެއްޖެ!

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މަސައްކަތްތައް ލަސްވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސީއެސްސީއަށް ފާޑު ވިދާޅުވެއްޖެއެވެ. 

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައިމިނަތު ޝިފާނާ ހަމަޖައްސަވާ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކުރުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސީއެސްސީ އަކީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެހީތެރިވެދޭ ބަޔަކަށް ވިއަސް ފެންނަނީ އެކަށީގެން ނުވާ ވަގުތު އެ ކޮމިޝަނުން ހޭދަކުރަމުންދާ ތަން ކަމަށާއި އޭގެ ބަދަލުގައި އެ އަށް ވުރެ ހަލުވިކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކުރީ އެ މަގާމު ހުސްކޮށް އޮންނަތާ ތިން މަހާއި 12 ދުވަސް ފަހުން ކަމަށެވެ. އަދ އެ މިނިސްޓްރީގައި ޕާމަނަންޓް ސެކްރެޓަރީއެއް ނެތި 104 ދުވަސް ފާއިތުވެ ދިއުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. 

ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އާމިނަތު އަބްދުﷲ ދީދީ، ޓްރިވެންޑްރަމްގެ ކޮންސުލް ޖެނެރަލަކަށް އައްޔަން ކުރެއްވުމުންނެވެ.

މިރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ނައިބް ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މިއަދު އޮންލައިން