ލިބޭ މުސާރައިގެ ބޭނުމުގަ މުދިންކަން ކުރާ މީހުންވެސް އެބަތިބި! ހުރިހާ މުދިމުން ކުށްވެރި ނުކުރައްވާ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ލިބޭ މުސާރައިގެ ބޭނުމުގަ މުދިންކަން ކުރާ މީހުންވެސް އެބަތިބި! ހުރިހާ މުދިމުން ކުށްވެރި ނުކުރައްވާ!: ޝައިޚް ޢަލީ ޒައިދު

ކޮންމެ ވަޒީފާއެއް އަދާކުރާ މީހުންގެ ތެރޭގައިވެސް ހަމައެކަނި މުސާރައިގެ ބޭނުމުގައި ވަޒީފާ އަދާކުރާ މީހުން ތިބޭ ފަދައިން މުދިމުންގެ ތެރޭގައިވެސް އެފަދަ މީހުން ތިބޭނެ ކަމަށާއި އެހެންކަމުން މުދިމަކު ކުރާ ނުބައި ކަމަކުން ހުރިހާ މުދިމުން ކުށްވެރި ނުކުރަން ޝައިޚް ޢަލީ ޒައިދު އެދިވަޑައިގެންފިއެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ  ބައެއް މީހުން މުދިންކަން ކުރަނީ ދީންވެރިވެގެން ނޫން ކަމަށާއި އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ސިހުރު ހަދާ މުދިމުންވެސް ތިބޭ ކަމަށާއި އެފަދަ ނުބައި ނުލަފާ ބައަކު މަދުން ނަމަވެސް ތިބުމަކީ މުދިންކަމުގެ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރާ މުދިމުންނަށް ކުޑަމިސް ބަސް ރައްދުކުރަން ޖެހޭ ސަބަބަކަށް ހަދައިގެން ނުވާނެ ކަމަށެވެ. 

ޝައިޚް ޢަލީ ޒައިދު ވަނީ މުދިމުންގެ ވަޒީފާ އަދާކުރާ ހުރިހާ މީހުންނަކީ އަޚްލާޤީ ގޮތުން ވެސް އަދި ދީނީ ގޮތުންވެސް ނަމޫނާ ބައަކަށްވެ މުޖުތަމައުގެ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާ ބައަކަށް ވުމަށް އެދިވަޑައިގެންފައެވެ. 

ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ކުދިންނާއި ބެހި ގޯނާކުރުމުގެ މައްސަލައެއް ފަހުގެ ތާރީޚުގައި ކުރިމަތިވެފައިވަނީ ކުޅިވަރުކޯޗެއްގެ ކިބައިންކަން ފާހަގަކުރެވެއެވެ. އަދި އެނޫން މަޤާމުތަކުގައި ތިބި މީހުންގެ ކިބައިންވެސް މިފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންކަންވެސް ފާހަގަ ކުރެވެއެވެ.

މިއަދު އޮންލައިން