ކުށްކުރަން ޖެހިލުންވާވަރުގެ އަދަބު ނުދޭނަމަ ދާނީ ފޭލްވަމުން! ޙައްލަކީ އިސްލާމީ ޝަރީޢާ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކުށްކުރަން ޖެހިލުންވާވަރުގެ އަދަބު ނުދޭނަމަ ދާނީ ފޭލްވަމުން! ޙައްލަކީ އިސްލާމީ ޝަރީޢާ!: ޝައިޚް ޢަލީ ޒައިދު

"އަޅުގަނޑުމެންގެ ދަރިން ރައްކައުތެރިކުރުމަށްޓަކައި ކުށްކުރި މީހުންނަށް ލަސްނުކޮށް ޙައްޤު އަދަބު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މުޖުރިމުންނަށް ދޭ އަދަބަކީ އެކަމުގެ ސަބަބުން އެމީހުން ބިރުގަނެ ކުށުގެ ވެށްޓަށް ވަނުމަށް ޖެހިލުންވާވަރުގެ އަދަބަކަށް ވާންވާނެއެވެ! ކުށްކުރާ މީހުންނާއިމެދު އެކަށީގެންވާ ފިޔަވަޅު ނުއެލޭނަމަ ދާނީ ފޭލްވަމުންނެވެ. 

މަރުގެ އަދަބު ދިނުމަކީ ޒަމާނާއި ނުގުޅޭ އަދަބެއްކަމަށް ބުނަމުން އައި މީހުންނަށްވެސް ބައެއް ކުށް ކުރުމުން މަރުގެ އަދަބަކީ ދޭންޖެހޭ އަދަބެއްކަން މިހާރު ޤަބޫލުކުރެވެން ފަށައިފިއެވެ. މިއަދު އެންމެންވެސް ގޮވަނީ ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ. އަދި އެކަމަށް ގޮވާލުމަކީ ހަރުކަށި ކަމަކަށްވެސް  ނުވެއެވެ. އިސްލާމީ ޝަރީޢާ ތަންފީޒުކުރުން އަވަސްކުރާށެވެ! 

އިސްލާމީ ޝަރީޢާއަށް ބައެއް މީހުން އިންކާރުކުރި ނަމަވެސް މާތް ﷲ ގެ ދިނުގައި އޮންނަ ގޮތަށްވުރެ މޮޅު ގޮތެއް ނުއޮންނާނެއެވެ. މުޖުތަމައުގައި ހުރި މައްސަލަތައް ހަމައަކަށް އެޅޭނީ އިސްލާމީ ޝަރީޢާގައިވާ ގޮތަށް ޙުކުމްކޮށް ތަންފީޒުކޮށްގެންނެވެ." 

- ޝައިޚް ޢަލީ ޒައިދު 

މިއަދު އޮންލައިން