ޖާބިރު ރައީސް ޞާލިޙަށް ވަގަށް ގޮވި މައްސަލައިގަ އޭސީސީއަށް ބަޔާންދޭން ދެކޮޅު ހެދުމުން ޗިޓް ޙަވާލުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޖާބިރު ރައީސް ޞާލިޙަށް ވަގަށް ގޮވި މައްސަލައިގަ އޭސީސީއަށް ބަޔާންދޭން ދެކޮޅު ހެދުމުން ޗިޓް ޙަވާލުކުރަނީ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަގަށް ގޮވި މައްސަލައިގައި ބަޔާން ހޯދަން އޭސީސީ އިން ގުޅުމުން ބަޔާން ނުދޭނެކަމަށް ބުނެ ޖާބިރު ދެކޮޅު ހެދުމުން އޭސީސީ އަށް ހާޒިރުވާން ޗިޓް ޙަވާލުކުރަން ގުޅައިފިކަމަށް ޑީއާރުޕީން ބުނެފިއެވެ.

މިކަން ހާމަކުރަން ޑީއާރުޕީން ކުރި ޓްވީޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޓެގްކޮށްފައެވެ. 

މަޖިލީހުގެ މެންބަރެއް ނަމަވެސް އޭސީސީ އިން ކުރާ ތަޙްޤީޤަކަށް އެއްބާރުލުން ނުދޭނަމަ ކުރިއަށް ގެންދެވެން އޮތް ގޮތަކަށް މައްސަލަ ކުރިއަށް ގެންގޮސް ތަޙްޤީޤް ފުރިހަމަކުރުމަކީ އޭސީސީގެ ޤާނޫނީ ވާޖިބެކެވެ.

 

މިއަދު އޮންލައިން