އިލްކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަނު ކުރުމުގެ މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅުމުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ތެދުވެ މައްސަލަ ޤައުމީ ސަލާން ކިޔައި ރިޕޯޓާއި ނުގުޅޭ ވާހަކަތައް ދައްކަން ފެށުމުން އެމްޑީޕީގެ ބައެއް މެންބަރުން ތެދުވެ ޖާބިރު ރޭރުކޮށްލައިފިއެވެ.
ޖާބިރު ޤައުމީ ސަލާމަސްފަހު ފެށީ ފަނޑިޔާރުގެއަށް އަތްގަދަކުރުމުގެ ވާހަކައެވެ. މެންބަރުން ނިޒާމީ ނުކުރާ ނަގައި ބުނަމުން ގެންދިއައީ ޖާބިރު ވާހަކަ ދައްކަނީ ހުށަހެޅިފައިވާ މައްސަލައަށް ނޫން ކަމަށާއި އޭނާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްދިނުމަށް އެދޭކަމަށެވެ.
މަޖިލީހަށް ކޮންމެ މައްސަލައެއް ހުށަހެޅުނު ނަމަވެސް ޖާބިރުގެ ކަމަކަސްވެފައި އޮންނަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަގަށް ގޮވުމާއި ތަފާތި ދޮގު ވާހަކަތައް ދެއްކުންކަން ފާހަގަކުރެވެއެވެ.