ޢަފޫޢާންމެއް ނެތިވެސް ކުށްވެރިންތައް ދޫކޮށް މިނިވަން ނުކުރާތީ ޖާބިރު ކަންބޮޑުވެވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޢަފޫޢާންމެއް ނެތިވެސް ކުށްވެރިންތައް ދޫކޮށް މިނިވަން ނުކުރާތީ ޖާބިރު ކަންބޮޑުވެވަޑައިގެންފި

ޢަފޫޢާންމެއް ނެތިވެސް ކުށްވެރިންތައް ދޫކޮށް މިނިވަން ނުކުރާތީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކަންބޮޑުވެވަޑައިގެން ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އާއި ސުވާލުކުރައްވައިފިއެވެ.

"މަނިކުފާނު މިނިވަންވެފަ އެހެން މީހުން މިނިވަން ނުކުރަނީ ސިސްޓަމަށް ބަދަލެއް އައީތޯ؟" ވެސް މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ ސުވާލުކުރައްވައިފައެވެ.

ޝައިޚް އިމްރާނުގެ މައްޗަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރުވި 12 އަހަރުގެ ޖަލު ޙުކުމުން ޝައިޚް އިމްރާން ސަލާމަތްވެ މިނިވަންވެ ވަޑައިގަތީ ރައީސް ޔާމީނުގެ ވެރިކަން ގެއްލި ސްޕްރީމް ކޯޓުން އެ މައްސަލަ ބަލަން ރައީސް ޔާމީނުގެ ސަރުކާރުން އަޅަމުން އައި ހުރަސްތައް ނެތިގެން ދިއުމުންނެވެ. ސްޕްރީމް ކޯޓުން ޝައިޚް އިމްރާން މިނިވަންކުރުމުންނެވެ.

ހަމަ އެއާއިއެކު ކޯޓު އަމުރަކާއި ނުލައި ނުވަތަ އަފޫޢާންމެއް ނެތި ކުށްވެރިން މިނިވަންކުރުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިގެނެއް ނުވެއެވެ. އެހެންކަމުން ޢަފޫ ޢާންމެއް ނުވަތަ ކޯޓު އަމުރެއް ނެތި ކުށްވެރިން މިނިވަންކުރަން މަޖިލީހުގަ ބާރުއަޅާނަމަ އެކަން ވެގެންދާނީ ވަރަށް ބޮޑު ނުލައްކަށްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން