އުމުރުން ސޯޅަ އަހަރުވީއިރު ހުރީ އަރުވާލާފަ- އެއީ ކުރި އަނިޔާއެއް!: ޖާބިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އުމުރުން ސޯޅަ އަހަރުވީއިރު ހުރީ އަރުވާލާފަ- އެއީ ކުރި އަނިޔާއެއް!: ޖާބިރު

އުމުރުން 16 އަހަރުވީއިރު ހުރީ އަރުވާލާފައި ކަމަށާއި އެއީ ސަރުކާރުން ކުރި އަނިޔާއެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ރައީސް މައުމޫނުގެ ސަރުކާރުން ފުލުސް ކޯޓު އުފައްދައި ޙުކުމްކުރަމުން ގެންދިއައީ އުމުރަށް ބެލުމެއް ނެތި ކަމަށެވެ. އަދި ރާއްޖެ ތެރޭގައި ތައުލީމް ޙާޞިލު ކުރެވޭނެ ފުރުޞަތު ނެތިމެ ކިޔަވަން މާލެ އާދެވެނީ ކުޑަ ސިޓީ ހައްދައިގެން ކަމަށްވުމުން އެއީވެސް ކުޑަކުދިންނަށް ކުރަމުން އައި އަނިޔާއެއް ކަމަށެވެ.

ރަށްރަށުގެ ރައްޔިތުންނަށް ކުޑަ ސިޓީ ހައްދައިގެން މާލޭގައި މަޑުކުރެވޭ ގޮތް އުވައިލެވުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި އަހްމދު ޒާހިރު (ސީނާ ޒާހިރު) ރައްޔިތު އަހްމަދުގެ ނަމުގައި ވަރަށް ސާބިތު ކަމާއިއެކު ކުރެއްވި މަސައްކަތްތަކުން ރައީސް މައުމޫނުގެ ވެރިކަމުގެ ވެރިކަމުގައިކަން ފާހަގަ ކުރެވެއެވެ.

އެހައިތަނަށް ރާއްޖޭގެ ރަށަކުން މީހަކަށް މާލެ އާދެވެނީ ރަށު އޮފީހުން ދޭ "ޓަނު"ގައި ނަން ލިޔުއްވައިގެންނެވެ. މާލެ އާދެވުމާއިއެކު ޓަނު ސަރުކާރުގެ އިދާރާއަކަށް ދައްކަން ޖެހެއެވެ. ކިތަންމެ ބޮޑު ބޭނުމެއްގައި މާލޭގައި މަޑުކުރަން ޖެހުނު ނަމަވެސް ޓަނުން އެމީހާގެ ނަން އުނިކުރެވެނީ މާލެއިން އެމީހަކާއި ހަވާލުވާނެ ފަރާތެއްގެ ސިޓީ ހުށަހަޅައިގެންނެވެ.

ޓަނުގައި ލިޔެފައި އޮތް މީހަކު ޤަވާއިދުން ޓަނުން އުނިނުކޮށް އެމީހަކު ނުލައި އެނބުރި ރަށަށް ހިނގައްޖެ ނަމަ އުޅަނދުގެ ނެވިމީހާ ކުށްވެރިކުރެއެވެ.

މިއަދު އޮންލައިން