ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އެއްވެސް ފުރުސަތެއް ނެތްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ވަގުތީ ލީޑަރ އަބްދޫﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޑީއާރުޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޖާބިރު ވިދާޅުވީ ޑީއާރުޕީ ގައި ކުރިން އުޅެފައިވާ ހުރިހާ ފަރާތްކުން އަލުން އަނބުރާ އެޕާޓީއާ ގުޅުމަށް ދައުވަތުވޭކަމަށާއި ޕީޕީއެމް އާއި ޕީއެންސީ ގައި ތިއްބެވި ބޭފުޅުންވެސް ޑީއާރުޕީއާއި ގުޅުމަށް އެދޭކަމަށެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ ރައިސް އަބްދުﷲ ޔާމީން އަށް ޑީއާރުޕީގައި އެއްވެސް ފުރުސަތެއްނެތް ކަށާއި ރައީސް ޔާމީން އަކީ ސިޔާސީ މީހެއްގެ ގޮތުގައިވެސް ދެކިވަޑައި ނުގަންނަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ޑީއާރުޕީއާއި ގުޅިވަޑައިގެން އެ ޕާޓީއަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.
ޑީއާރުޕީ އަށް 3000 މެމްބަރުން ހަމަވެފައިވާކަމަށް އިލެއްޝަނުން ވަނީ އެޕާޓީއަށް މިއަދު އަންގާފައެވެ.
ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު އެވެ.