ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު ކަމުގެ މަގާމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިރޭ ހަމަޖައްސައިފިއެވެ.
ޑީއާރުޕީން މިރޭ ބޭއްވި އެޕާޓިގެ ކައުންސިލް ބައްދަލުވުމުގައި، ލީޑަރުކަމަށް ޖާބިރު ހަމަޖައްސާފައިވާއިރު ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ހަމަޖައްސާފައިވަނީ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ޑީއާރްޕީގެ ރަޖިސްޓްރާ އަކަށް ހަމަޖައްސާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ އަށް ވަނީ ސްޕޯކްސް ޕާސަނަކަށް ދީފައެވެ.
ޖާބިރު، ޑީއާރްޕީގެ ލީޑަރުގެ މަގާމާ ހަވާލުވިއިރު އިތުރު މަޖިލިސް މެންބަރުންތަކެއް އެޕާޓީއަށް ސޮއިކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައި ވެއެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ ކާނަލް ވިދާޅުވެފައިވަނީ އެޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.