ހިއުމަން ޓްރެފިކިންގެ މައްސަލަ ދިވެހިރާއްޖޭގައި ހިނގަމުން މިދަނީ ސަރުކާރު ބައިވެރިވެގެން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު ދެއްކެވި ވާހަކަފުޅުން:
"އަޅުގަނޑު އަބަދުވެސް ގަބޫލުކުރާހިތްވަނީ، އަދި ފާއިތުވެގެންދިއަ ސަރުކާރުތަކުގައި އެކަން ކޮށްފައިވަނީ ހަމަ ވިޔަފާރި ފިހާރައެއްގެ އުސޫލުން، ކަންކުރާ އުސޫލުން މީހުން ގެނައުމަށް ދޭ ހުއްދަތަކާއި އަދި ކޯޓާ ދިނުމުގައާއި ، މިއީ ހަމަ ސީދާ ހިއުމަން ޓްރެފިކްކުރުމުގެ ގޮތުން ހިންގާފައި ހުރި ކަންތައްތައް
ދެން މިއަދު އަޅުގަނޑުމެން ޢާއިލާއަކުން ސަރުކާރު ހިންގާއިރުގައި، ޢާއިލީ ވެރިކަމަކަށް މުޅި ރާއްޖެ ޑިޒައިންވެގެންދާދިއުމުގައި މި މަޖިލިސް ތެރެއިން ވެސް ފެންނަނީ ޢާއިލީ ގޮތް. ކޮމިޓީއެއް ނެގިޔަސް ޢާއިލާ. ދެން މި އެކައުންޓަބަލްކުރާނެ ގޮތެއް ރައީސް ވިދާޅުވެދެއްވީމާ އަޅުގަނޑަށް ފަސޭހަވާނެ. އެއްބައަކު ، އެއް ޢާއިލާއަކުން ޤައުމު ހިންގަންޏާ އެހެން ބައަކު މިތާ ތިބޭނެ ކަމެއް ނެތް ކަމަށް އަޅުގަނޑަށް ފެންނަނީ. އެކައުންޓަބިލިޓީ..."