އަގުހުރި އިނާމުތަކާއެކު ބީއެމްއެލްގެ "ކާނިވާ 44" ސެންޓްރަލް ޕާކުގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އަގުހުރި އިނާމުތަކާއެކު ބީއެމްއެލްގެ "ކާނިވާ 44" ސެންޓްރަލް ޕާކުގައި ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ކާނިވާ، "ކާނިވާ 44" ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

މިމަހުގެ 11 އިން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކާނިވަލުގެ ހަރަކާތްތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

އާއިލާތަކާއި އެކި އުމުރުފުރާގެ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ކާނިވަލުގައި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންގެ އެކި ކުޅިވަރުތައް ވަނީ ހިމަނާފައެވެ. މީގެއިތުރުން، އެކި ބާވަތްތަކުގެ ކާބޯތަކެއްޗާއި މުދާ ވިއްކުމަށް ހާއްސަ ސްޓޯލްތަކެއްވެސް މި ސަރަހައްދުގައި ވަނީ ގާއިމުކޮށްފައެވެ.

ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ކާނިވަލުގެ ސްޓޯލްތަކުން 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހަދާ ކޮންމެ ފަރާތަކަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެއެވެ. މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރިންނަށް މެކްބުކް ނިއޯއެއްގެ އިތުރުން ބެޓެރީ ސައިކަލެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން