ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމުގެ މަސައްފަށައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އަޙްމަދު ޝަފީޢު ވިދާޅުވީ މި މަޝްރޫޢުކުރިއަށް ގެންދިަން ނިންމާފައިވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކުގައިކަމަށާއި މި މަޝްރޫއު ކުރިއަށް ގެންދާނީ ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ޚަރަދެއްގައިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލްތަކުގެ ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށްޓަވާނެކަމަށާއި އޭސީ ހަރުކުމުގެ ކުރިން ސްކޫލްތަކުގައި ކަރަންޓުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްތައް ކުރައްވާނެކަމަށެވެ.
ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލްއެއް އެސީކޮށް ނިންމާލެވޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝަފީޢު ވިދާޅުވީ އަންނަ ދިރާސީ އަހަރާއިއެކު ފަށާ މަޝްރޫއުތަކުން ދެން އެންމެ އިސްކަމެއް ދޭނީ މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުންކަމަށެވެ. އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.